Advertisement

އިންޑޮނީޝިއާގެ ސުމަޓްރާއަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

30 ޑިސެންބަރު 2023 - 12:01 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


އިންޑޮނީޝިއާގެ ސުމަޓްރާއަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

30 ޑިސެންބަރު 2023 - 12:01 0

އިންޑޮނީޝިއާގެ ސުމަޓްރާއަށް 5.6 މެގްނިޓިއުޑުގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

މިއަދު 10:19 ހާއިރު ބިންހެލުމެއް އައީ އިންޑޮނީޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ 10 ކިލޯމީޓަރިގެ އަޑިއަށެވެ. މި ބިންހެލުމާ ގުޅިގެން މިހާތަނަށް ސުނާމީގެ އެލާޓެއް ނެރެފައެއް ނުވެ އެވެ.

މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް ނުވަތަ ސުނާމީއެއް އުފެދިދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި 5.6 ގެ ބާރުމިނުގެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން/ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ،" މެޓް އޮފީހުން ބުނެފައިވެ އެވެ.

މި ބިންހެލުމާ ގުޅިގެން އަދި ރާއްޖެއަށް އެލާޓެއް ނެރެފައި ނުވި ނަމަވެސް އަވައްޓެރި ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.