Advertisement

11 އަހަރަށް ފަހު ލޮރިސް ޓޮޓެންހަމް ދޫކޮށްލަނީ

30 ޑިސެންބަރު 2023 - 11:22 0


11 އަހަރަށް ފަހު ލޮރިސް ޓޮޓެންހަމް ދޫކޮށްލަނީ

30 ޑިސެންބަރު 2023 - 11:22 0

ލަންޑަން (ޑިސެމްބަރު 30) - ފްރާންސްގެ ގޯލްކީޕަރު، ހޫގޯ ލޮރިސް، 11 އަހަރަށް ފަހު، އިނގިރޭސި ކްލަބް، ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

ފްރާންސްގެ ލިޔޯން ދޫކޮށް، 2012 ވަނަ އަހަރު ޓޮޓެންހަމް އަށް ބަދަލުވި ލޮރިސް، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަަލަށް ހަމަވާނެ އެވެ.

އެކަމަކު، އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި، ޓޮޓެންހަމް އިން ނިންމާފައިވަނީ އެއްވެސް ފީއެއް ނުގެމެއް ނެތި، ހިލޭ ޓްރާންސްފާއެއްގައި ލޮރިސް ދޫކޮށްލުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅު ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ފަހުން، ޓޮޓެންހަމްގެ މެޗަކުން ލޮރިސް ނުފެނެ އެވެ. ޓޮޓެންހަމްގެ އާ ކޯޗު، އަންގޭ ޕޮސްޓެކޮގްލޫގެ ޕްލޭނުގައި ލޮރިސް އަށް ފުރުސަތެއް ނެތް ނަަމަވެސް ފުރަތަމަ ޓީމާ އެކު، ފަރިތަކުރުމުގެ ފުރުސަތު އޭނާ އަށް ދެ އެވެ. ޓޮޓެންހަމްގެ ފުރަތަމަ ކީޕަރަކީ، މި ސީޒަނުގައި ގަތް، ގުގްލިއޭމޯ ވިކާރިއޯ އެވެ. ދެ ވަނަ ކީޕަރަކަށް ހުރީ ފްރާޒާ ފޮސްޓާ އެވެ.

މި އަހަރުގެ ކުރީކޮޅުގައި ފްރާންސް ޓީމުން ރިޓަޔާކުރި ލޮރިސް، 37، ދެން ބަދަލުވާނީ އެމެރިކާ ލީގުގެ، އެލްއޭ އެފްސީ އަށެވެ. މި ސީޒަން ފެށުމުގެ ކުރިން ލޮރިސް އަށް ވަނީ ނީސް އާއި ލާޒިއޯ އަދި ސައުދީ އަަރަބިއްޔާ ޕްރޯ ލީގުގެ ބައެއް ކްލަބްތަކުން ހުށަހެޅުން ލިބިފަ އެވެ. އެކަަމަކު، އެ ވަގުތު ލޮރިސް ވިސްނީ އަނިޔާއިން ރަނގަޅުވެ، އެއްކޮށް ފިޓްވުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަށް ސީޒަން ވަންދެން ޓޮޓެންހަމްގެ ކެޕްޓަންކަން ކުރި ލޮރިސް، ވަނީ އެ ޓީމަށް 447 މެޗު ކުޅެދީފަ އެވެ.