Advertisement

ކުޅުދުއްފުށީ އެއާޕޯޓަށް ދިޔަ ޕަސެންޖަރެއްގެ އަތުން ވަޒަނެއް ފެނިއްޖެ

29 ޑިސެންބަރު 2023 - 22:13 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ކުޅުދުއްފުށީ އެއާޕޯޓަށް ދިޔަ ޕަސެންޖަރެއްގެ އަތުން ވަޒަނެއް ފެނިއްޖެ

29 ޑިސެންބަރު 2023 - 22:13 0

ކުޅުދުއްފުށީ އެއާޕޯޓަށް ދިޔަ ޕަސެންޖަރެއްގެ އަތުން ވަޒަނެއް ފެނިގެން ފުލުހުން ތަހުގީގު ފަށައިފި އެވެ.

ކުޅުދުއްފުށި އެއާޕޯޓުގެ މެނޭޖަރު އާދަމް އަހުމަދު ވަނީ "އަދަދު" ނޫހަށް އެކަން ކަށަވަރު ކޮށްދީފަ އެވެ.

އޭނާ ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި، ވަޒަން ފެނުނީ މިއަދު ހަވީރު މާލެ ފުރުމަށް ތާވަލުކޮށްފައި އޮތް މޯލްޑިވިއަންގެ ފްލައިޓުން ފުރަން އެއާޕޯޓަށް ދިޔަ އަންހެނެއްގެ އަތުން ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ބުނީ އެކަން ރިޕޯޓުކުރުމުން ފުލުހުން ހާޒިރުވެފައިވާ ކަމަށާއި، އެމްއެންޑީއެފްއާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ އަންހެން މީހާ ހައްޔަރުކުރި ކަމަށް ފުލުހުން ނުބުނެ އެވެ.

އިތުރު ތަފްސީލެއް ފުލުހުން އަދި އެމްއެންޑީއެފުން އަދި ނުދެ އެވެ.