Advertisement

އާޒިމްގެ ފާޑުކިޔުން ޕީއެންސީއަށް: "ތިޔައީ ހަޑި މުޑުދާރު ނާތަހުޒީބު ފެށުމެއް"

29 ޑިސެންބަރު 2023 - 14:03 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެމްޑީޕީން ޕީއެންސީއަށް ބަދަލުވި މެމްބަރުންނާއެކު ރައީސް މުއިއްޒު އަދި ސަރުކާރު ހިންގާ ކޯލިޝަންގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަދަދު


އާޒިމްގެ ފާޑުކިޔުން ޕީއެންސީއަށް: "ތިޔައީ ހަޑި މުޑުދާރު ނާތަހުޒީބު ފެށުމެއް"

29 ޑިސެންބަރު 2023 - 14:03 0

ވެރިކަން ކުރާ ޕީއެންސީން ރޭ ދެއްކީ "ހަޑިމުޑުދާރު ނާތަހުޒީބު ފެށުމެއް" ކަމަށް ވިދާޅުވެ، ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޕީއެންސީއަށް ބަދަލުވުމާ ގުޅުވައިގެންނެވެ. އެ މެމްބަރުން ޕީއެންސީއަށް ސޮއިކުރީ ފައިސާ އާއި މަގާމަށް ކަމަށް ތުހުމަތު ކުރެ އެވެ.

އެފަދަ ތުހުމަތުތައް ހުރިއިރު، އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީން "ރައްޔިތުންނަށް ތިޔަ ބުނެދެވެނީ، ތިޔަ ހިތްވަރު ދެވެނީ، ތިޔަ ޒާތުގެ ނާތަހުޒީބީ ކަންކަން ކޮށްލުމަކީ އެންމެ ރަނގަޅު ކަމެއް" ކަމަށެވެ.

ނަމަވެސް އެއީ ކޮން ކަމެއްކަން އޭނާގެ އެ ޕޯސްޓުގައި ވިދާޅުވެފައެއް ނުވެ އެވެ. އިޝާރާތް އެ ކުރައްވަނީ ބެލެވޭ ގޮތުގައި ފައިސާ އަށް މެމްބަރުން ބަދަލުވި ތުހުމަތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ސޮއިކުރަން ރިޝްވަތު ދެމުންދާ ކަމަށް، އެ މެމްބަރުން ސޮއި ކުރެއްވުމުގެ ކުރިން، މެމްބަރުން ޕީއެންސީއަށް ސޮއި ކުރެއްވުމުގެ ކުރިން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެފައިވެ އެވެ. އަދި ބައެއް މެމްބަރުން ގަތުމަށް ސަރުކާރުގެ ފަރާތުން ފައިސާ އާއި މަގާމު ހުށަހަޅާ ކަމަށް މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވެފައިވެ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެމްޑީޕީން ވަކިވި ދަނޑިވަޅަކީ، މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމުގައި ފުރުއްވާ ޝަރީފުގެ ދަރިލަނބަލުން، މަރިޔަމް މިޒްނާ ޝަރީފުގެ އެ މަގާމު ދެމެހެއްޓުމަށް މި ސަރުކާރުން ނިންމި ދަނޑިވަޅެވެ.

ރޭ ޕީއެންސީއަށް ބަދަލުވީ އެމްޑީޕީއަށް ނިސްބަތްވި 13 މެމްބަރެކެވެ.