Advertisement

ކުންފުންޏާ ބެހޭ ބިލު ރައީސް ތަސްދީގުކުރައްވައިފި

27 ޑިސެންބަރު 2023 - 15:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބިލު ތަސްދީގުކުރަން ރައީސް މުއިއްޒު ސޮއިކުރައްވަނީ. މިއީ އެމަނިކުފާނު ތަސްދީގުކުރެއްވި ފުރަތަމަ ބިލު --- ފޮޓޯ: ރައީސް އޮފީސް


ކުންފުންޏާ ބެހޭ ބިލު ރައީސް ތަސްދީގުކުރައްވައިފި

27 ޑިސެންބަރު 2023 - 15:09 0

މި މަހު ކުރީކޮޅު މަޖިލީހުން ފާސްކުރި ކުންފުންޏާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރައީސް ތަސްދީގު ކުރެއްވުމާއެކު މިއަދު ގާނޫނަކަށް ބަދަލުވެގެން މިދިޔަ ބިލަކީ މިހާރު އަމަލު ކުރަމުންދާ ކުންފުންޏާ ބެހޭ ބިލު ފާސް ކުރިތާ 27 އަހަރު ފަހުން ތައާރަފުކުރާ ޒަމާނީ ބިލެކެވެ.

މި ގާނޫނުގައި ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމުގެ ހަމަތަކާއި ކުންފުނިތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެނޫން ވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާން ކޮށްފައިވެ އެވެ.

ކުންފުންޏާ ބެހޭ އާ ގާނޫނުގައި 248 މާއްދާ ހިމެނެ އެވެ. މިހާރު އަމަލު ކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނުގައި އޮންނަނީ 101 މާއްދާ އެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަހްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީ ކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުން ހިމެނެ އެވެ.

އެ ބިލު ތަސްދީގުކޮށް އަމަލު ކުރަން ފެށުމާއެކު ކުރިން އަމަލު ކުރަމުން އައި ކުންފުންޏާ ބެހޭ ބިލު މިހާރު މިވަނީ އުވިފަ އެވެ. މިއާއެކު އާ ގާނޫނާ އެއްގޮތަށް ކަންކަން ބައްޓަން ކުރުމަށް ކުންފުނިތަކަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ކުންފުނީގެ ބިލަކީ ނިމިދިޔަ ސަރުކާރުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ބިލެކެވެ.