Advertisement

ޖޭޕީ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

27 ޑިސެންބަރު 2023 - 13:08 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ޖޭޕީ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

27 ޑިސެންބަރު 2023 - 13:08 0

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ޖޭޕީން ކުރިން ހުޅުވާލި އެ ފުރުސަތު ވަނީ އިއްޔެގެ ނިޔަލަށް ހަމަވެފަ އެވެ. ނަމަވެސް އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ޝައުގުވެރިވާ އަދި އެކަމަށް ގާބިލުކަން ހުރި، ޝަރުތު ހަމަވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އެ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އަންނަ ޖެނުއަރީ 25، ވަނަ ދުވަހާ ހަމަޔަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޖޭޕީން ބުނީ މިގޮތަށް މުއްދަތު އިތުރުކުރަންޖެހުނީ ސްކޫލު ޗުއްޓީއާ ގުޅިގެން މިދުވަސްވަރު ވަރަށް ގިނަ ފަރާތްތަކުން ރާއްޖެތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރުކުރާތީ ފޯމު ހުށަހަޅުމަށް އެ ފަރާތްތަކަށް ދަތިވާތީ ކަމަށެވެ.

އަންނަ އަހަރު ބާއްވާ 20 ވަނަ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވެސް އެ ޕާޓީން ވާދަކުރަން ވަނީ ހުޅުވާލާފަ އެވެ.

އިންތިހާބުގައި ވާދަކުރަން ޖޭޕީން މީގެ ކުރިން ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ. އެގޮތުން ވެރިކަން ކުރާ ޕީއެންސީއާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާއިރު ދާދި ފަހުން އެ ޕާޓީން ވަނީ، މަޖިލީހުގައި މިހާރު އަގުލަބިއްޔަތު އޮތް އެމްޑީޕީއާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.