Advertisement

ރައީސް މުއިއްޒު ކުރީގެ ރައީސް މައުމޫންއާ ބައްދަލު ކުރައްވައިފި

25 ޑިސެންބަރު 2023 - 19:10 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މި ބައްދަލުކުރެއްވުމުގައި ގައުމީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި -- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒު ކުރީގެ ރައީސް މައުމޫންއާ ބައްދަލު ކުރައްވައިފި

25 ޑިސެންބަރު 2023 - 19:10 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ބައްދަލު ކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ގައުމީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް މުއިއްޒާއި މައުމޫނު, 85, މިއަދު ބައްދަލުކުރެއްވި އިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މައުމޫނާއި އެމަނިކުފާނު ތާއީދުކުރެއްވި ކެންޑިޑޭޓު އަދި ދަރިކަލުން ފާރިސް މައުމޫން ނިންމެވީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ތާއީދު ނުކުރުމަށެވެ.

ނަމަވެސް މައުމޫނުގެ ހަގު ދަރިކަލުން ޣައްސާނު މައުމޫނަކީ މި ވެރިކަން ގެނައުމަށް އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޣައްސާނަކީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ.

ރައީސް މުއިއްޒު ގެންދަވަނީ ސިޔާސީ ލީޑަރުންނާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެމްޑީއޭގެ ލީޑަރު ސަންޓްރެވެލް އަހުމަދު ސިޔާމާއި އެމްއެންޕީގެ ރައީސް ނާޒިމް އަދި ޑިމޮކްރެޓިކްސް ޕާޓީގެ ރައީސް ހަސަން ލަތީފުއާ ބައްދަލުކުރެއްވި އެވެ.