Advertisement

އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ސާއިދު އާއި ފަސޫހާ

25 ޑިސެންބަރު 2023 - 10:25 0

އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖޭން ވާދަކުރާނީ ސާއިދު (ކ) އާއި ފަސޫހާ (ވ).--- އަދަދު ގްރެފިކްސް: ރައްޔާން


އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ސާއިދު އާއި ފަސޫހާ

25 ޑިސެންބަރު 2023 - 10:25 0

އީރާނުގައި އަންނަ އަަހަރު ކުރިއަށްދާ އޭޝިއާގެ އިންޑޯ މުބާރާތަށް ރާއްޖޭން ވާދަކުރާނެ އެތުލީޓުންގެ ގޮތުގައި ހަސަން ސާއިދު އާއި ފަސޫހާ އަހުމަދު ކަނޑައަޅައިފި އެވެ.

ތެހެރާންގައި އަންނަ ފެބްރުއަރީ މަހުގެ 17-19 އަށް ކުރިއަށްދާ 11 ވަނަ އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ އެތުލީޓުން ކަނޑައަޅާފައިވަނީ ދާދި ފަހުން ނިމުނު ފަސް ވަނަ ގައުމީ ގްރޯން ޕްރީގެ އިވެންޓްތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު އެވެ.

ގްރޯން ޕްރީގެ ފިރިހެން ދެ ވަނަ އަށް ދިޔަ އެތުލީޓު، ސާއިދު ވަނީ 100 އާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އެ ގޮތުން، ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު އެއް ވަނަ ހޯދި ޓައިިމިން އަކީ، 10.73 ސިކުންތެވެ. އަދި، 200 މީޓަރު ދުވުމުގެ ރޭހުގައި ސާއިދު އިވެންޓް ނިންމީ 22.04 ސިކުންތުންނެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު މީގެ ކުރިން ވަނީ އޭޝިއާ އާއި ދުނިޔޭގެ އިންޑޯ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ.

ގްރޯން ޕްރީގެ މި ފަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ފަސޫހާ އަކީ މި އަހަރު ބައިނަލްއަގުވާމީ މުބާރާތްތަަކުގައި ވާދަކޮށްފައިވާ އެތުލީޓެކެވެ. ފަސޫހާ، ގްރޯން ޕްރީގެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ވާދަކުރި ދެ އިވެންޓުން ރަން މެޑަލް ހޯދައި، އެއް އިވެންޓްގައި ގައުމީ ރެކޯޑެއް މުގުރާލައިގެންނެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަސޫހާ، 800 މީޓަރު ދުވުމުން އެއް ވަނަ ހޯދީ 2 މިނިޓް 19.73 ސިކުންތުންނެވެ. ފަސޫހާ ވަނީ މި އަހަރުގެ ހަަތަރު މަސް ތެރޭ، ތިން ފަހަރަށް ރާއްޖޭގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އަދި މި ފަހަރުގެ ގްރޯން ޕްރީގައި ފަސޫހާ ވަނީ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ފަސޫހާ، ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ނިންމައި، ގައުމީ ރެކޯޑް ހެދީ، 5 މިނިޓް، 04.02 އިންނެވެ. މި ރެކޯޑް ކުރިން އޮތީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޖާއިޝާ ޖުނީޒް އަތުގަ އެވެ. ނެޝަނަލް ގްރޯން ޕްރީ، 2021 ގައި ޖާއިޝާ ރެކޯޑް ހެދީ، 5 މިނިޓް، 05.36 އިން ރޭސް ނިންމައިގެންނެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ޑާކާ މެރަތަންގައި ވާދަކުރާ އެތުލީޓެއްގެ ގޮތުގައި، މުހައްމަދު އިރުފާން ހަމަޖައްސައިފަ އެވެ. އޭނަގެ ކޯޗު އަދި މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭގައި އެންމެ ގިނަ މެރަތަން ޖެހުމުގެ ރެކޯޑް އޮތް، ނަސްރުﷲ އަހުމަދު (ނަސްރު) އެވެ.