Advertisement

ބ. ފުޅަދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފި

24 ޑިސެންބަރު 2023 - 16:48 1

ބ. އަތޮޅު ފުޅަދު ފަޅުތެރެއަށް ސީޕްލޭނެއް ކައިރިކޮށްފައި؛ އެ ރަށަށް ސީޕްލޭން ދަތުރުތައް މިއަދު ފަށައިފި - ފޮޓޯ: މޯލްޑިވިއަން


ބ. ފުޅަދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފި

24 ޑިސެންބަރު 2023 - 16:48 1

ބ. އަތޮޅު ފުޅަދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މިއަދުން ފެށިގެން ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހު ފުޅަދުއަށް ސީޕްލޭން ދަތުރުތައް ޝެޑިއުލް ކުރާނެ އެވެ.

"ސީޕްލޭން ދަތުރުތަކުން ފުޅަދޫއާއި އެއް ފަޅެއްގައި އޮންނަ ގޮއިދޫއާއި ފެހެންދޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްގެ ތަޖުރިބާ ލިބޭނެ،" މޯލްޑިވިއަންގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

ފުޅަދުއަށް ސީޕްލޭން ދަތުރުތައް ބޭއްވުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގޮއިދޫ-ފުޅަދޫ-ފެހެންދޫގެ ގުދުރަތީ އަތޮޅު ސަރަހައްދަކީ ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ސަރަހައްދެވެ. އާބާދީ ކުޑަ ފުޅަދޫ އާއި ފެހެންދޫގެ ފެހި ކަމާއި ހަމަހިމޭންކަން ތަޖުރިބާ ކުރަން ގިނަ އަދަދެއްގެ ފަތުރުވެރިން އެ ސަރަހައްދަށް، މާލޭން ދެ އެވެ.

މާލޭން ލޯންޗެއްގައި ދެ ގަޑިއެއްހާއިރުން އެ އަތޮޅަށް ދެވެ އެވެ.