Advertisement

ޗެމްޕިއަން ސިޓީ ސެމީ އަށް، ސިފައިން އަތުން ބަލިވިޔަސް ވެމްކޯ ވެސް ކުރިއަށް

22 ޑިސެންބަރު 2023 - 11:16 0

އަތޫފް އާތިފް

އަތޫފް އާތިފް

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ވެމްކޯ ކުޅުނު މެޗެެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޗެމްޕިއަން ސިޓީ ސެމީ އަށް، ސިފައިން އަތުން ބަލިވިޔަސް ވެމްކޯ ވެސް ކުރިއަށް

22 ޑިސެންބަރު 2023 - 11:16 0

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލިސް ކުލަބްގެ މައްޗަށް ކުރިހޯދާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކުލަބް ސިޓީން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު، ކުލަބް ވެމްކޯ އަތުން މޮޅުވި ނަމަވެސް ދިވެހި ސިފައިންގެ ކުލަބް މުބާރާތުން ކަޓައިފި އެވެ.

އެސޯސިއޭޝަން ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ހަވީރު ވެމްކޯގެ މައްޗަށް ދިވެހި ސިފައިންގެ ކުލަބުން ކުރިހޯދީ ފޯރިގަދަ ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން 22-25 އިން ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 25-18 އިންނެވެ. އަދި ތިން ވަނަ ސެޓު 25-23 އިން ވެމްކޯ ކާމިޔާބުކުރިއިރު ޖެހިގެން އައި ހަތަރު ވަނަ ސެޓު ސިފައިން ކާމިޔާބުކުރީ 25-22 އިންނެވެ. އަދި ފަހު ސެޓު 15-13 އިން ކާމިޔާބުކުރީ ސިފައިންނެވެ.

ދެ ޓީމަށްވެސް މާބޮޑު ލީޑެއް ނަގައިގެން ނުކުޅެވުނު މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ބިދޭސީ ކުޅުންތެރިޔާ ހައްމާދު މުހައްމަދެވެ.

މި މެޗުން ސިފައިން މޮޅުވި ނަމަވެސް ސެޓު ޕޮއިންޓްގެ ތަފާތުން އެ ޓީމު ދިޔައީ ގްރޫޕްގެ ފުލަށެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދީ އާބަންކޯއެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ވެމްކޯ ވެސް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޭގައި ކުޅުނު ގްރޫޕް ސްޓޭޖު ފަހު މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ސިޓީވެސް ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޕޮލިސްގެ މައްޗަށް ސިޓީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ 25-17، 25-23 އަދި 25-20 އިންނެވެ. މި ނަތީޖާ އެކު ޕޮލިސް ކުލަބް ވަނީ މި މުބާރާތުން ކަޓައިފަ އެވެ. ޕޮލިހުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ވީ ބައްޔެވެ. ޕޫލް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ސިޓީ ސްޕޯޓްސް ކުލަބެވެ.

މާދަމާ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބް ވެމްކޯއިން ނުކުންނާނީ ސިޓީ ސްޕޯޓްސް ކްލަބްއާ ދެކޮޅަށެވެ. އަދި މާދަމާ ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ކުލަބް އާބަންކޯ އިން ނުކުންނާނީ ސްޕޯޓްސް ކްލަބް ސިޓީ ދެކޮޅަށެވެ. އާބަންކޯ އަދި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ. ބަލިވާ ޓީމެއް ވާދަކުރަން ޖެހޭނީ މާދަމާ ކުޅޭ ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާ އެވެ.