21 ޑިސެންބަރު 2023 - 19:39 3
21 ޑިސެންބަރު 2023 - 19:39 3
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކޮށްފި އެވެ.
މިރޭގެ ވަގުތަކުން ފެށިގެން "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވެ އެވެ. މި ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ.
އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.
އެ މިނިސްޓްރީ އަދި އެ އޮތޯރިޓީގެ ރަސްމީ ބަހެއް މިކަމުގައި މިހާތަނަށް ލިބިފައި ނުވެ އެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ޓެކްނޮލޮޖީ ޕޯޓްފޯލިއޯ ހަވާލުކޮށްފައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ވެބްސައިޓެއް ބްލޮކް ކުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
މިވަގުުތު މި ދެ ވެބްސައިޓަށް ވެސް ނުވަދެވޭއިރު ވީޕީއެން ބޭނުންކޮށްގެން ވަދެވެ އެވެ.
މިއީ ކޮން ބައެއް ހިންގާ ވެބްސައިޓުތަކެއްކަން މިހާތަނަށް އެނގިފައި ނުވާއިރު މިފަދަ އެތައް ވެބްސައިޓެއް ރާއްޖޭގައި މީގެކުރިން ވެސް ހިންގާފައިވެ އެވެ. މިއީ ފަހުގެ ތާރީހެއްގައި މިފަދަ ވެބްސައިޓެއް ބްލޮކްކޮށް ނުވަދެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ.
މި ދެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދާފައި މިވަނީ ބަަރަހަނާ ވެބްސައިޓްތައް ބްލޮކްކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
19.05%
4.76%
71.43%
4.76%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޢަލީ
over 1 year ago
ސަރުކާރާ ދެކޮޅު ޚަބަރެއް ނޫން ދޮގު ޚަބަރު
މަހާރާޖު
over 1 year ago
ބަރާބަރު ނިންމުމެއް. މިނިވަން ނޫސްވެރިކަމަށް އުފާވެރި ދުވަހެއް. ރަޖިސްޓްރީ ނުކޮށް ހިންގާ މިފަދަ ވެބްސައިޓުތައް ބްލޮކު ކޮށްލުން ރަނގަޅު. މިކަން ކުރަންޏާ އޮންނަ އުސޫލުން ރަޖިސްޓުރީ ވެެގެން ކުރާނަމަ އެއްވެސް މައްސަލައެއް ނެތް. ނުގަވާއިދުން މިހެން ކުރީމަ ޖަވާބުދާރީ ވެވޭނެ ގޮތެއް ނޯވޭ
ފަޒުނާ
over 1 year ago
މިހާރުދެން ސަޖިދާ ބުނާ ދޮގު ހަބަރު ފަތުރާ ވެބްސައިޓްތައް ބްލޮކް ކުރނަފެށީތާ
Comment