Advertisement

ތުރުކީގެ ސްކޮލަޝިޕް ފުރުސަތުތަކަށް ހުޅުވާލައިފި

22 ޑިސެންބަރު 2023 - 00:02 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ތެރެއިން، ޖުމްލަ 30 ސްކޮލަޝިޕް ފުރުސަތަށް މިނިސްޓްރީ އިން ވަނީ ހުޅުވާލާފައި - ފޮޓޯ: ވިލާ ކޮލެޖު


ތުރުކީގެ ސްކޮލަޝިޕް ފުރުސަތުތަކަށް ހުޅުވާލައިފި

22 ޑިސެންބަރު 2023 - 00:02 0

ތުރުކީގެ ސްކޮލަޝިޕް ފުރުސަތުތަކަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ 15 ބެޗެލާސް ޑިގްރީ، 10 މާސްޓާސް ޑިގްރީ އަދި ފަސް ޑޮކްޓޯރަލް ޑިގްރީ އަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޕޯޓަލްއެއް މެދުވެރިކޮށް އެ މިނިސްޓްރީ އިން ވަނީ ހުޅުވާލާފަ އެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ ޖެނުއަރީ 7، 2024 ގެ މެންދުރު 13:30 އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ މި ސްކޮލާޝިޕްތަކަށް ނޮމިނޭޓް ކުރުމުގައި ފުރަތަމަ އިސްކަންދޭނީ "ޓްރޭނިން ނީޑްސް" ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ކޯސްތަކަށް އެދިފައިވާ ފަރާތްތަކަށެވެ.

އަދި, ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.

ސްކޮލާޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ މި މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވެއެވެ. ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

މީގެ އިތުރުން، މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.