Advertisement

އެސޯސިއޭޝަން ކަޕް: ސެމީގެ ފަހު ދެ ޖާގަ ވެމްކޯ އާއި އަލްމާ ސްޕޯޓްސް އަށް

21 ޑިސެންބަރު 2023 - 10:07 0

އަތޫފް އާތިފް

އަތޫފް އާތިފް

ރޭގެ މެޗުގެ ތެރެއިން ވެމްކޯ ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު


އެސޯސިއޭޝަން ކަޕް: ސެމީގެ ފަހު ދެ ޖާގަ ވެމްކޯ އާއި އަލްމާ ސްޕޯޓްސް އަށް

21 ޑިސެންބަރު 2023 - 10:07 0

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ އަލްމާ ސްޕޯޓްސް ކުލަބް އާއި ކުލަބް ވެމްކޯ އިން ހޯދައިފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން މީގެ ކުރިން ޕޮލިސް ކުލަބާއި، ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ވަނީ ޖާގަ ހޯދައިފަ އެވެ. އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް އަލްމާ އާއި ވެމްކޯއިން ކާމިޔާބުކުރީ ފަސޭހަކަމާ އެކުގަ އެވެ.

އިއްޔެ ހަވީރު ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުޅުނު ކުއާޓާ ފައިނަލުގައި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބްގެ މައްޗަށް އަލްމާއިން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އަލްމާއިން ގެންދިޔައީ 25-03، 25-10 އަދި 25-06 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލްމާގެ ސުހާނާ އަހްމަދު އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗު ވެމްކޯއިން ކާމިޔާބުކުރީ ޔޫތު ނިއު ޖެނެރޭޝަނާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

ވެމްކޯގެ ޖޫޒާން ޒަރީރު، އައިޝަތު މާޖިދާ (މާޖި) އަދި ބްރެޒިލްގެ ކުޅުންތެރިޔާ ޖެސިކާ ސޯރޭސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ވެމްކޯއިން ކާމިޔާބުކުރީ 25-15، 25-09 އަދި 25-06 އިންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލު މެޗުތައް ކުޅޭނީ މާދަމާ އެވެ. މާދަމާގެ ފުރަތަމަ ސެމީގައި ޕޮލިސް ކުލަބުން ނުކުންނާނީ ވޮލީބޯލް އެކަޑަމީ އާއި ދެކޮޅަށެވެ. އަދި ފަހު ސެމީގައި މާދަމާރޭ ކުޅޭނީ ވެމްކޯ އާއި އަލްމާ އެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރެޔެވެ.