Advertisement

އަލީ ވަހީދު މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރަނީ

20 ޑިސެންބަރު 2023 - 14:10 0

ނިމާ ހަސަން

ނިމާ ހަސަން

އަލީ ވަހީދު; އޭނާ ވަނީ ކުރިއަށް މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމާފައި -- ފޮޓޯ: އަދަދު


އަލީ ވަހީދު މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރަނީ

20 ޑިސެންބަރު 2023 - 14:10 0

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު, ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރަން ނިންމައިފި އެވެ.

އޭނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ވާދަކުރަން ނިންމީ ކުޅުދުއްފުއްޓަށް ހައްގު އިންގިލާބީ ބޮޑު ބަދަލު ހޯދުމަށްޓަކައި، ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށް ކަމަށެވެ.

އަލީ ވަހީދު މަޖިލީހަށް ވާދަކުރަން ނިންމާފައިވާއިރު, އޭނާ ވަނީ ދާދި ފަހުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަނެފަ އެވެ.

ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަލީ ވަހީދު، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރަކަށް ހުންނަވަނިކޮށް ކުލަގަދަ ޖަލްސާއެއްގައި އޭރު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރެއްވި އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވުމަށްފަހު، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އެވެ.

އެއަށްފަހު އެ ޕާޓީގެ ސްލޮޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެވެ. އެ މަގާމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސޯލިހު ވަނީ އޭނާ މަގާމުން ވަކިކުރައްވާފަ އެވެ.

އެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތް ގޮތަށް، އެނބުރި ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ. ބޭސް ފަރުވާއަށް ކަމަށް ބުނެ ފެބްރުއަރީ 10، 2021 ގައި ބޭރަށް ފުރާވަޑައިގަތް ގޮތަށް އޭނާ ރާއްޖެ އެނބުރި ވަޑައިގަތީ މިއަހަރުގެ ޖުލައިގަ އެވެ.

އިނގިރޭސިވިލާތުގައި އުޅުއްވަނިކޮށް، އެގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށް ބުނެ އެ އަހަރުގެ އޮގަސްޓު މަހުގައި އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށް ވަގުތީ ބަންދެއްގައި ބެހެއްޓުމަށް ފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އިނގިރޭސި ސަރުކާރުން އޭނާގެ އަރިހުން މާފަށް ވެސް އެދިފައިވެ އެވެ.