Advertisement

ރައީސް މުއިއްޒާއި ގާސިމް ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފި

20 ޑިސެންބަރު 2023 - 12:46 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުއިއްޒާއި ގާސިމް އިބްރާހިމް މިއަދު ރައީސް އޮފީހުގައި: އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް ހާމައެއް ނުކުރޭ - ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒާއި ގާސިމް ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފި

20 ޑިސެންބަރު 2023 - 12:46 1

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސްއާ ގާސިމް ބައްދަލުކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި މިހާރު އެ ބައްދަލުވުން ނިމިފައިވާކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ގާސިމް ރައީސްގެ އަރިހަށް ވަޑައިގެންފައި މިވަނީ އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގައި، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމަށްފަހެވެ. އަދި ޖޭޕީގެ އިސް ލީޑަރުން ވަނީ މިދިޔަ މަހު ރައީސްގެ ޕީއެންސީއާއެކު އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެއަށްފަހު ޖޭޕީއިން ވަނީ ކުރިއަށް އޮތް އިންތިހާބުތަކުގައި އިދިކޮޅު އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް އެ ޕާޓީއާއެކު ވެސް މަޝްވަރާކޮށްފަ އެވެ.