Advertisement

އެމްބީބީއޭގެ އާ ރައީސަކަށް ނިޒޯ، ޖެނެރަލް ސެކްރެޓަރީ އަކަށް ރަޝް

19 ޑިސެންބަރު 2023 - 10:42 0

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އާ ހިންގާ ކޮމިޓީ - ފޮޓޯ: އެމްބީބީއޭ


އެމްބީބީއޭގެ އާ ރައީސަކަށް ނިޒޯ، ޖެނެރަލް ސެކްރެޓަރީ އަކަށް ރަޝް

19 ޑިސެންބަރު 2023 - 10:42 0

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ތިން ވަނަ ދައުރުގެ ރައީސަކަށް ހުސައިން ނިޒާމް (ނިޒޯ) ހޮވައި، އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ.

އެ ގޮތުން، 2013 ވަނަ އަހަރު ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި ހިންގަމުން އަންނަ އެމްބީބީއޭގެ ރައީސަކަށް މިދިޔަ ދެ ދައުރުގައިވެސް ހުރީ އަބްދުﷲ އަރީފް (ފުކު) އެވެ. ދެ ދައުރު ހަމަވެ، އޭނާ ނިންމީ މި ފަހަރު މަގާމާ ދުރަށް ޖެހިލުމަށެވެ.

އެމްބީބީއޭގެ އާ ހިންގާ ކޮމިޓީ ހޮވުމަށް ބޭއްވި ޖަލްސާގައި ރައީސަކަށް ހުސައިން ނިޒާމް (މިޒޯ) ހޮވިއިރު، ނައިބު ރައީސްއަކީ އަލީ އަބްދުﷲ އެެވެ. ހަޒާންދާރަކަށް ހަސަން ޒަކީ ހޮވިއިރު، މި ފަހަރު ވެސް ޖެނެރަލް ސެކެޓްރީއަކަށް ހޮވާފައިވަނީ ހަސަން ރަޝީދު (ރަޝް) އެވެ.

އެމްބީބީއޭގެ އާ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް ކުރިއަށްދިޔަ ޖަލްސާގެ ތެރެއިން - ފޮޓޯ: އެމްބީބީއޭ


ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ބޮޑީބޯޑިންގެ އާ ރައީސް ނިޒޯ އަކީ މޫދު ކުޅިވަރުތައް ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތަކެވެ. ވަކިން ހާއްސަކޮށް ސާފިން އަދި ބޮޑީބޯޑިންގެ ހަރަކާތްތަކުގައި އޭނާގެ ހިދުމަތް ފާހަގަކޮށްލެވެ އެވެ.

ބޮޑީބޯޑިން ގައުމީ ޓީމްގެ މެނޭޖަރެއްގެ ގޮތުގައިވެސް މިދިޔަ ދެ އަހަރު މަސައްކަތްކުރީ މިިޒޯ އެވެ.

އާ ހިންގާ ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށްދާ ފުރަތަމަ މުބާރާތަކީ މިއަދު ފެށި ގައުމީ ބަނޑުފިލާ ޗެލެންޖެވެ. މި މުބާާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.