Advertisement

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި

17 ޑިސެންބަރު 2023 - 16:46 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރޯދަމަހުގެ މާލޭގެ މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ. ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން މިއަދު ވަނީ ނިންމާފައި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި

17 ޑިސެންބަރު 2023 - 16:46 1

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުަހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުުކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

މިއަދުގެ ކެބިނެޓް ބައްދަލުުވުމަށް ފަހު އެ ބައްދަލުވުންތަކުގެ ނިންމުންތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާ ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށް ކަމަށެވެ. ދީނީ ކަންކަމަށް އިސްކަންދޭން ރައްޔިތުންނަށް ފުރުސަތު ދިނުމަކީ ވެސް އެގޮތަށް ނިންމެވުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި މިވަނީ ކަނޑައަޅުއްވާފައި،" ޝަހީބް ވިދާޅުވި އެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ތާރީހާ އެއްކޮށް، އެ ވައުދުގެ ހަނދާން އާކުރައްވަމުން ޝަހީބް ވިދާޅުވީ ސަރުކާރުގެ ހަފްތާ 14 ގައި ފުއްދަވަން ވެވަޑައިގެންނެވި ކަންތައްތައް ރަނުން ރަނަށް ފުއްދަމުން އަންނަ ކަމަށެވެ.

ކެބިނެޓުން މިއަދު ނިންމި ހުރިހާ ނިންމުން ތަކަކީ ވެސް އެ ފަދަ ވައުދުތައް ފުއްދަން ނިންމި ނިންމުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.