Advertisement

އެލިއާއިން އެމްއެންޑީއެފް އަށް ޔަމަހާ އައްޓްބޯޑް އިންޖީނެއް ހަދިޔާ ކޮށްފި

17 ޑިސެންބަރު 2023 - 12:46 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެލިއާއިން އެމްއެންޑީއެފް އަށް ޔަމަހާ އައްޓްބޯޑް އިންޖީނެއް ހަދިޔާ ކޮށްފި

17 ޑިސެންބަރު 2023 - 12:46 0

ވިޔަފާރީގައި ރާއްޖޭގެ މަގުބޫލު ކުންފުންޏެއް ކަމަށްވާ އެލިއާ އިންވެސްޓްމަންޓް މޯލްޑިވްސް އިން އެމްއެންޑީއެފް އަށް 80 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑު އިންޖީނެއް ހަދިޔާ ކޮށްފިއެވެ.

އެ އިންޖީނު އެމްއެންޑީއެފް އާ ހަވާލުކޮށްދެއްވީ އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު އެވެ. އެމްއެންޑީއެފްގެ ފަރާތުން އިންޖީނާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް އެވެ.

އެލިއާ އިން ބުނިގޮތުގައި އެ ކުންފުންޏާއި އެމްއެންޑީއެފްގެ ގުޅުމަކީ މީގެ 49 އަހަރު ކުރިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފު ކުރެވުނު ހިސާބުން ބަދަހި ކަމާއިއެކު ކުރިއަރަމުން އައިސްފައިވާ ގުޅުމެކެވެ. އެލިއާއިން ދެކޭ ގޮތުގައި މި ދިގު މުއްދަތުގައި އެމްއެންޑީއެފްގެ ފްލީޓަށް ހިދުމަތް ފޯރުކޮށް ދިނުމުގައި ދެމިތިބުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ޝަރަފެކެވެ. އަދި ގައުމަށް ކޮށްދެވޭ އަގުހުރި މަސައްކަތެކެވެ.

އެލިއާއިން ވަނީ މިއަހަރުގެ ޖުލައި މަހު އެމްއެންޑީއެފް އަށް 350 ހޯސްޕަވަރުގެ އިންޖީނެއްވެސް ހަދިޔާކޮށްފަ އެވެ. އެއީ ރާއްޖޭގައި މިވަގުތު ބޭނުންކުރަމުންދާ ކޮމާޝަލް އިންޖީނު ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަތީ ހޯސްޕަވަރުގެ އިންޖީނެއް ކަމަށް އެކުންފުނިން ބުންޏެވެ.

އެލިއާ އަކީ ރާއްޖޭގެ ޔަމަހާ ސޯލް ޑިސްޓްރިބިއުޓަރެވެ. އެކުންފުނިން ވިއްކާ އައުޓްބޯޑު އިންޖީނުތަކަކީ ރާއްޖޭގެ ކަނޑުތަކުގައި ތަހުލީލުކޮށް ރާއްޖޭގެ މާހައުލަށް އެކަށީގެންވާގޮތަށް ފަރުމާކޮށްފައިވާ އިންޖީނުތަކެކެވެ. ޔަމަހާ އައުޓްބޯޑުގެ ޖެނުއިން ސްޕެއާ ޕާޓްތަށް މެދު ކެނޑުމެއްނެތި އަބަދުވެސް އެލިއާއިން ލިބެން ހުރުމަކީ ކަސްޓަމަރުންގެ އިތުބާރު ޔަމަހާ އައުޓްބޯޑަށް ލިބިފައިވުމުގެ އެންމެ ބޮޑުއެއް ސަބަބެވެ.

ކަސްޓަމަރުންނާއި ގާތުން ހިދުމަތް ދިނުމުގެ ގޮތުން އެލިއާއިން ވަނި ޔަމަހާ ޕާޓްސްގެ ޑެލިވަރީ މިއަހަރު ފަށާފައެވެ. އަދި މިހާރު ރާއްޖޭގައި ބޭނުން ކުރަމުންދާ އެންމެ މަތީ ހޯސްޕަވަރު ކަމުގައިވާ 425 ހޯސްޕަވަރާއި 375 ހޯސްޕަވަރަކީވެސް ޔަމަހާގެ އުފެއްދުމެކެވެ.