Advertisement

ކުވެއިތު އަމީރުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި މާދަމާ ރޭ ކުރަނީ

16 ޑިސެންބަރު 2023 - 23:11 2


ކުވެއިތު އަމީރުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި މާދަމާ ރޭ ކުރަނީ

16 ޑިސެންބަރު 2023 - 23:11 2

މިއަދު އަވަހާރަވި ކުވެއިތުގެ އަމީރު އައްޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހުގެ ކަށުނަމާދު މާދަމާ އިސްލާމީ މަރުކަޒުގައި ކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

އަމީރު ނަވާފް، 86، އަވަހާރަވީ ނޮވެމްބަރު މަހުން ފެށިގެން އާލާސްކަންފުޅާ އުޅުއްވުމަށްފަހެވެ. އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ އަމީރުގެ ގައިބަށް ކަށުނަމާދު ކުރަން ނިންމީ އެމަނިކުފާނަކީ ކުވެއިތަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށް ވާތީ ކަމަށެވެ. ކަށު ނަމާދު ކުރާނީ މާދަމާ ރޭ އިޝާ ނަމާދަށް ފަހުގަ އެވެ.

"ރާއްޖެއާ ނުހަނު ގާތް އަހުވަންތަ ގުޅުމެއް އޮންނަ ގައުމެއްކަމުގައިވާ ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މައްޗަށް ގައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ. ވީހާ ވެސް ގިނަ ބަޔަކު ނަމާދުގައި ބައިވެރިވެލެއްވުން އެދެން،" މިނިސްޓްރީން ބުންޏެވެ.

ކުވެއިތުގެ އަމީރު އަވަހާރަވުމުން އެކަމުގެ ހިތާމަ ފާޅު ކުރުމުގެ ގޮތުން ދިވެހި ގައުމީ ދިދަ މާދަމާއިން ފެށިގެން ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ އާއިލާއަށްް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި އަމީރަކީ، ކުވެއިތާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އަމީރު އަވަހާރަވީ މަހެއްހާ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަމީރަށް ފަރުވާ ކުރަމުންދިޔައީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

އަމީރު ނަވާފް ވެރިކަމަށް ވަޑައިގަތީ 2020 ވަނަ އަހަރު، އެއިރުގެ އަމީރު ސަބާހް އަލް އަހުމަދު އަލް ސަބާހު އަވަހާރަވުމާ ގުޅިގެންނެވެ.