Advertisement

އަހަރެމެންނަކީ މެންޗެސްޓާ ސިޓީ އެއް ނޫން: މޮރީނިއޯ

14 ޑިސެންބަރު 2023 - 10:16 0


އަހަރެމެންނަކީ މެންޗެސްޓާ ސިޓީ އެއް ނޫން: މޮރީނިއޯ

14 ޑިސެންބަރު 2023 - 10:16 0

ރޯމް (ޑިސެމްބަރު 14) - ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ރޯމާ އަށް ކުޅުންތެރިން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެ ޓީމަކީ ބޭނުންވާ ހުރިހާ ކުޅުންތެރިން ގަންނަން މެންޗެސްޓާ ސިޓީ ގޮތަށް އެ ވަރުގެ ތަނަވަސްކަމެއް އޮތް ކްލަބެއް ނޫން ކަމަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔޫރޮޕާ ލީގުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ރޯމާ އިން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނެ ކަމަކީ ޑިފެންޑަރެއް ހޯދުމަށް ކަަމަށެެވެ. އޭގެ މާނަ އަކީ ރޯމާ ޓީމުގެ އެހެން މަގާމުތައް ހިނގަނީ ބަރާބަރަށް ނޫން ކަމަށާއި މީގެ ހަރަދުކުރެވެން އޮތީ ކްލަބުން ކަނޑައަަޅާ މިންގަނޑެއްގެ ތެރެއިން ހާލަތަށް ވެސް ބެލުމަށް ފަހު ކަމަށެވެ.

"އަހަރެން ޖެލަސް ވަނީ އެއް ނޫން. އެކަމަކު، ބަލާލަންވީ މި ކަމަށް ސިޓީން ޖެނުއަރީ މަހު ފިލިޕްސް އަށް 80 މިލިއަން (ޔޫރޯ) ދީފައި އެ ގެންނަނީ، އޭނަ ދަށްވިއްޔާ ފޮނުވާލާފައި އެހެން ކުޅުންތެރިއަކު ވެސް އެ ގެންނަނީ. އެކަމަކު އަހަރެމެން (ރޯމާ)ގެ މި އޮތީ އެހެން ހަގީގަތެއް،" ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

"އަހަރެން ބޭނުން 1،2،3،4 ކުޅުންތެރިން. އަހަރެން ބޭނުން ޓީމު ވަރުގަދަ ކުރަން. އެކަމަކު، ބަލަން ޖެހޭ މީގެ ކުރެވޭނެ ކަމަކީ ކޮބައިތޯ، އަހަރެމެން މިއީ ސިޓީއެއް ނޫން،"

މި ވަގުތުގެ ހާލަތަށް ބަލާއިރު، އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވާނީ ޖެނުއަރީ މަހު ރޯމާ އަށް ރަނގަޅު ޑިފެންޑަރެއް ސޮއިކުރުން ކަމަށާއި މި ވަގުތު ޓީމުގައި ޑިފެންސްގައި ކުޅޭ ކުޅުންތެރިން ތިބި ހާލަތަށް ބަލާއިރު، އާ ކުޅުންތެރިއަކު އެ މަގާމަށް ބޭނުންވާ ކަމަށް މޮރީނިއޯ ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

ޔޫރޮޕާ ލީގުގައި މިރޭ ރޯމާ ކުޅޭނީ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލްއާ ދެކޮޅަށެވެ.