Advertisement

ފަހި ދިރިއުޅުމުގެ "އަމާން ދޯދި" އެޕާޓްމަންޓުގެ ނަމޫނާ ދައްކާލައިފި

13 ޑިސެންބަރު 2023 - 17:46 1

އަމަން ހަލީމް

އަމަން ހަލީމް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަމާން ދޯދި އެޕާޓްމަންޓު ބައްލަވާލައްވަނީ: މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރަމުން އަންނަ 4000 ހައުސިން ޔުނިޓުގެ ތެރެއިން ޔުނިޓުތަކެއް -- ފޮޓޯ/އަބްދުﷲ


ފަހި ދިރިއުޅުމުގެ "އަމާން ދޯދި" އެޕާޓްމަންޓުގެ ނަމޫނާ ދައްކާލައިފި

13 ޑިސެންބަރު 2023 - 17:46 1

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާގެ އެންބީސީސީއާ ހަވާލުކޮށްގެން އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" ޓަވަރުތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތުގެ ނަމޫނާ ފުރަތަމަ ފަހަރަށް މިއަދު ދައްކާލައިފި އެވެ.

އެފްޑީސީގެ "އަމާން ދޯދި"އަކީ ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 32 ޓަވަރުގެ ތެރެއިން، އެންބީސީސީން އިމާރާތްކުރަމުންދާ ޓަވަރުތަކެވެ.

އެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައިވެރިވެވަޑައިގެންނެވި އެވެ.

އަމާން ދޯދި ޓަވަރުގެ ނަމޫނާ އެޕާޓްމަންޓް ދައްކާލަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު (ކ-2) އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު (ކ-3) އާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް (ވ-2): އަމާޒު ހިފާފައިވަނީ ތާވަލަށް ވުރެ ކުރިން މަސައްކަތް ނިންމާ އަވަހަށް ފްލެޓުތައް ހަވާލުކުރުން ކަމަށް އެފްޑީސީން ބުނި -- ފޮޓޯ/އަބްދުﷲ އިޔާން


އަމާން ދޯދި ޓަވަރުތަކުގައި ވެސް ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ޔުނިޓުތައް ހުރެ އެވެ. މިއަދު ދައްކާލީ ދެ ކޮޓަރީގެ ނަމޫނާއެކެވެ. ތިން ލޭއައުޓަކަށް ހުންނަ މި އެޕާޓްމަންޓުތަކުގައި ދެ ކޮޓަރި އާއި ދެ ފާހަނާ އާއި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ބެލްކަނީއަކީ ޔުޓިލިޓީ (ދޮންނަ މެޝިނު ފަދަ ތަކަތި ބަހައްޓަން ހާއްސަ) ބެލްކަނީއެއް ވެސް ހުރެ އެވެ.

އަމާން ދޯދީގެ ދެ ކޮޓަރީގެ ނަމޫނާ އެޕާޓްމަންޓު: މިތަން ހަވާލުކުރަނީ ފިނިޝިން މަސައްކަތް ނިންމާފައި -- ފޮޓޯ/އަބްދުﷲ އިޔާން


އެފްޑީސީން އަންނަނީ ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު ތަރައްގީކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެންބީސީސީން އަޅަނީ މީގެ ތެރެއިން 2000 ހައުސިން ޔުނިޓެވެ. ބާކީ ހުރި ޓަވަރުތައް އަޅަނީ އިންޑިއާގެ ޖޭއެމްސީ (މިހާރު ކަލަޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނުވަތަ ކޭޕީއައިއެލް) އިންނެވެ.