Advertisement

މެސީގެ އިންޓަ މިއާމީން ސައުދީގައި މެޗުތަކެއް ކުޅެނީ

13 ޑިސެންބަރު 2023 - 12:42 0


މެސީގެ އިންޓަ މިއާމީން ސައުދީގައި މެޗުތަކެއް ކުޅެނީ

13 ޑިސެންބަރު 2023 - 12:42 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 13) - ސައުދީ އަރަބިއްޔާގައި އަންނަ އަަހަރު އެކުވެރިކަމުގެ ދެ މެޗު ކުޅޭގޮތަށް ހަމަޖެހިފައިވާ ކަމަށް ލިއޮނެލް މެސީ މިހާރު ކުޅެމުންދާ އިންޓަ މިއާމީ އިން ބުނެފި އެވެ.

މީގެ ތެރޭގައި، ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުންދާ އަލް ނަސްރާ ދެކޮޅަށް ކުޅޭ މެޗެއް ހިމެނެ އެވެ. އެހެންކަމުން، އަހަރުތަކަކަށް ފަހު އަންނަ އަހަރު ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް އަންނަ އަހަރު ފެނުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން އިންޓަ މިއާމީން ވަނީ ސައުދީގައި މެޗުތަކެއް ކުޅޭ ވާހަކަ ދޮގުކޮށްފަ އެވެ. އެ ގޮތަށް އޭރު މީޑިއާގައި ހާމަކުރީ ކަންކަން ފައިނަލްވެފައި ނެތުމުންނެވެ.

ސައުދީ އަށް އިންޓަ މިއާމީ އިން ކުރާ ދަތުރުގައި އަންނަ މަހުގެ 29 ވަނަ ދުވަހު އަލް-ހިލާލްއާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ. އަދި އެ އަށް ފަހު ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު އަލް ނަސްރާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ.

ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަން ފެށިގެންދިޔައީ 2008 ވަނަ އަހަރެވެ. އޭގެ ފަހުން، މީޑިއާ އާއި ސަޕޯޓަރުންގެ މެދުގައި ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަމަކީ ހޫނު މައުލޫއެކެވެ.

އިންޓަ މިއާމީގެ ކޯޗު ކްރިސް ހެންޑަސަން ބުނީ މި މެޗުތަކަކީ އާ ސީޒަނަށް ތައްޔާރުވުމަށް އެ ޓީމަށް ލިބޭ ވަރަށް މުހިންމު މެޗުތަކެއް ކަމަށެވެ.

ސައުދީ ދަތުރަށް ފަހު އިންޓަ މަޔާމީ ދާނީ ހޮންކޮންގް އަށެވެ. އަންނަ އަހަރު އެމެރިކާގެ ލީގު ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ.