Advertisement

ޑްރަގްސް މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ

12 ޑިސެންބަރު 2023 - 19:43 0

ނިމާ ހަސަން

ނިމާ ހަސަން

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއެއް; ޑްރަގްސް މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއަކު ވަނީ މަރުވެފައި


ޑްރަގްސް މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ

12 ޑިސެންބަރު 2023 - 19:43 0

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ އެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ މިއަދު މަރުވީ ސްވިޒަލެންޑަށް ނިސްބަތްވާ, އުމުރުން 59 އަހަރުގެ ޕީޓާ ތޯމަސް ޑަސް އެވެ. މިއަދު ހަވީރު އޭނާ މަރުވީ ހިތްހުއްޓިގެން ކަމަށް މާފުށީ މެޑިކަލް ސެންޓަރުގެ ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ބުނެ އެވެ.

"ޕީޓާ ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައި. އަދި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 4:01 ގައި އޭނާ ހިތްހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައި," ކަރެކްޝަންސް އިން ބުންޏެވެ.

އޭނާ ބަންދުކޮށްފައި ހުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އެ ސާވިސް އިން ބުނި ގޮތުގައި ތޯމަސް މަރުވުމުން, އެކަން އޭނާގެ އާއިލާއަށް ވަގުތުން އެންގި އެވެ. އަދި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސް އާއި, ފުލުހުންނާއި އެޗްއާރްސީއެމްގެ އިތުރުން އެންއައިސީއަށް ވެސް އެކަން ވަގުތުން އެންގި ކަމަށް ކަރެކްޝަންސް ބުނެ އެވެ.