Advertisement

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޮސީމެން އަށް

12 ޑިސެންބަރު 2023 - 15:51 0


އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޮސީމެން އަށް

12 ޑިސެންބަރު 2023 - 15:51 0

މަރަކޭޝް، މޮރޮކޯ (ޑިސެމްބަރު 12) - އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ނަޕޯލީ އާއި ނައިޖީރިއާގެ ގައުމީ ޓީމުގެ ފޯވަޑް ވިކްޓާ އޮސީމެން އަށް ލިބިއްޖެ އެވެ.

ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ކޮންމެ އަހަރު ވެސް ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޮސީމެން އަށް ހަވާލުކުރީ އިއްޔެ މޮރޮކޯގެ މަރަކޭޝްގައި އޮތް އެވޯޑް ނައިޓްގަ އެވެ.

އޮސީމެން ،24، އަށް މި އެވޯޑް ލިބުނީ ލިވަޕޫލްގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އާޢި ޕީއެސްޖީ އަށް ކުޅޭ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީއާ ވާދަކޮށްގެންނެވެ.

މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ނަޕޯލީ އިން ކާމިޔާބުކުރިއިރު އޮސީމެން ވަނީ 31 ލަނޑު ޖަހައިފަ އެވެ. ނަޕޯލީ އިން 33 އަހަރަށް ފަހު ލީގު ކާމިޔާބުކުރިއިރު، އެންމެ މުހިންމު ރޯލެއް އަދާކުރީ އޮސީމެން އެވެ.

"މިއީ އަހަރެންގެ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށްވީ ދުވަސް،" އޮސީމެން ބުންޏެވެ.

އޮސީމެން ވިދާލީ 2015 ވަނަ އަހަރު ޗިލީގައި އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތަށް ފަހު ޖަރުމަންގެ ވުލްފްސްބާގް އިން އޭނާ ގެންދިޔައެވެ. އެ އަށް ފަހު ބެލްޖިއަމްގެ ޗާލެރޯއީ އަށް ކުޅުމަށް ފަހު، އޭނާ ފްރާންސްގެ ލިލް އަށް ބަދަލުވީ 2019 ވަނަ އަހަރެވެ. ލިލް އަށް 27 މެޗުން 13 ގޯލު ޖެހި އޮސީމެން 75 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރެވެ.