Advertisement

އަދަބު ދިނަސް ފަރުވާލެއް ނެތް: އާޓެޓާ

9 ޑިސެންބަރު 2023 - 10:24 0


އަދަބު ދިނަސް ފަރުވާލެއް ނެތް: އާޓެޓާ

9 ޑިސެންބަރު 2023 - 10:24 0

ލަންޑަން (ޑިސެމްބަރު 9) - ގޯލެއް ޖެހުމުން، ޓީމާ އެކު އުފާފާޅުކުރުމުގެ ތެރެއިން ހިނގާ ކަންތައްތަކުގައި ކާޑު ދައްކައިގެން ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނަސް ފަރުވާލެއް ނެތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން، އާސެނަލް ކުޅުނު މެޗުން ފަހު ވަގުތު ޑެކްލަން ރައިސް ގޯލު ޖަހައިގެން އާސެނަލް ވަނީ 4-3 އިން ލޫޓަން ޓައުން ބަލިކޮށްފަ އެވެ. މި މެޗުގައި އާސެނަލް މޮޅުވި ގޯލު ޖެހުމާ އެކު އާޓެޓާ އުފާފާޅުކުރުމަށް ޓެކްނިކަލް ލައިނުން ނުކުމެ އުޅުނު ގޮތުން އޭނާ އަށް ރީނދޫ ކާޑު ދެއްކުމާ އެކު، ތިން ކާޑު ހަމަވެ، ވަނީ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ.

އާޓެޓާ އަށް ތިން ކާޑު ހަމަވެފައިވުމާ އެކު، އާސެނަލުން މިރޭ އެސްޓަން ވިލާ ދަނޑުގައި ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން އާޓެޓާ އަށް ބެންޗަށް ނުދެވޭނެ އެވެ.

"އަހަންނަށް ނޭނގޭ އެ ކަންތައް (ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުން) ހުއްޓޭނެ ގޮތެއް، އަހަރެން މި ކުޅުންތެރިންނާ އެކު ވަރަށް ގާތުން މި މަސައްކަތް ކުރަނީ. އެހެންވެ، އެ މީހުންގެ ކާމިޔާބީގެ އުފާފާޅުކުރުންތަކުގައި ބައިވެރިވާން ބޭނުންވޭ،" އާޓެޓާ ބުންޏެވެ.

"މި ގޮތަށް ބުންޏަސް އަހަރެން ގަބޫލުކުރަން އެ ހެދިފައި ހުންނަ ގަވާއިދުތަކަށް ބޯލަނބަން ޖެހޭނެކަން. އެކަމަކު، އަހަންނަށް ފުޓްބޯޅައިގައި މި އަންނަ މި ކަހަލަ ވަގުތުތަކުގައި ހިމޭނުން މަޑުކޮށްލައިގެން ހުންނަން އުނދަގޫ،"

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް ބަލިވި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް ފާޑުކިޔާފައިވާ ގޮތުން، އާޓެޓާގެ މައްސަލައެއް އަންނަނީ ބަލަމުންނެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން ތިން ވަނައިގައި އޮތް އެސްޓަން ވިލާއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. މިދިޔަ ފެބްރުއަރީ މަހު އާސެނަލް އަތުން ލީގުގައި ބަލިވި ފަހުން، އެސްޓަން ވިލާ އިން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 14 މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެސްޓަން ވިލާގެ ކޯޗަކަށް ހުރީ ކުރިން އާސެނަލާ ހަވާލުވެހުރި އުނާއި އެމެރީ އެވެ.