8 ޑިސެންބަރު 2023 - 21:00 1
8 ޑިސެންބަރު 2023 - 21:00 1
މިހާރު ކުރިއަށްދާ އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)އާ ފުރުސަތު ހޯދައި މެޑަލް ޔަގީންކޮށްފި އެވެ.
ކުއާޓާ ފައިނަލް މެޗުގައި މިއަދު ނަބީ ވަނީ އުޒްބެކިސްތާންގެ ސޯފިޔާ ޒާހިރޯވާއާ ކުޅެގެން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ގެންދިޔައީ 21-15، 21-13 އިންނެވެ. ސެމީ ފައިނަލުގައި ނަބީ ކުޅޭނީ އިންޑިއާގެ އަރުންދަތީ ނާގަރާޖާއާ އެެވެ.
ނަބާ ވަނީ ކަޒަކްސްތާންގެ ޖުމަދިލޯވާ ދިލްޔާރާއާ އަތުން މޮޅުވެ، ސެމީ ފައިނަލުގައި ފިލިޕީންސްގެ ޑި ގުޒްމާން މިކައެލާ ޖޯއާއާ ކުޅެން ފުރުސަތު ހޯދައިފަ އެވެ. ކުއާޓާ ފައިނަލް މެޗުން ނަބާ މޮޅުވީ 21-15، 21-13 އިންނެވެ.
ސެމީން ޖާގަ ހޯދުމާ އެކު އެންމެ ދަށް ވެގެން ލޯ މެޑަލެއް ލިބޭނެ އެވެ. ނަބާ އާއި ނަބީ އަކީ މުބާރާތުގެ ސިންގަލްސް ބައިގައި ރޭންކިން އަށް ބަލާއިރު، އެއް ވަނަ އާއި ދެ ވަނަ އަށް ސީޑްކޮށްފައިވާ ދެ ކުޅުންތެރިންނެވެެ. ސެމީން މޮޅުވެގެން، ދެ ކުޅުންތެރިން ފައިނަލުގައި ބައްދަލުކުރަން ޖެހުމުގެ ފުރުސަތު އެބައޮތެެވެ.
ދާދި ފަހުން ބޮސްޓްވާނާ މުބާރާތުގައި ނަބާ އާއި ނަބީ ވަނީ ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އެކަމަކު، ކަޒަކްސްތާން މުބާރާތުގެ ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީ ވަނީ ކުއާޓާ ފައިނަލުން ބަލިވެފަ އެވެ.
ކަޒަކްސްތާންގެ ނާގިޒާ އާއި އައިޝާ ޒުމަބެކްގެ ޕެއާއާ ކުއާޓާ ފައިނަލުގައި ކުޅެގެން ނަބާ އާއި ނަބީގެ ޕެއާ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. ނާގިޒާ އާއި އައިޝާ ޒުމަބެކްގެ ޕެއާ ފުރަތަމަ ސެޓު ގެންދިޔައީ 21-15 އިންނެވެ. ދެ ވަނަ ސެޓު، 20-22 އިން ގެންގޮސް، ނަބާ އާއި ނަބީގެ ޕެއާ އުންމީދެއް ހޯދި ނަމަވެސް، ނަތީޖާ ނެރެން ކުޅުނު ސެޓުން، 21-19 އިން ބަލިވީ އެވެ.
Comment