Advertisement

ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއް: ނައިބް ރައީސް

8 ޑިސެންބަރު 2023 - 14:30 0

ނިމާ ހަސަން

ނިމާ ހަސަން

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް; ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ބައިވެރިއެއް: ނައިބް ރައީސް

8 ޑިސެންބަރު 2023 - 14:30 0

ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ގައުމެއް ކަމަށް ވިދާޅުވެ، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ޝައުގުވެރިކަން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ފާޅުކުރައްވައިފި އެވެ.

ޗައިނާގައި ކުރިއަށްދާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ, އަދުގެ ސަރުކާރަކީ ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދާ ސަރުކާރެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާ އަދި ރާއްޖެއިން ވެސް ވެސް، އިޖްތިމާއީ ތަރައްގީ އާއި، ސުލްހަ މަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަގްސަދުގައި ރައްޔިތުންނަށް އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ-ޗައިނާ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިހުތިރާމާއި ދެ ގައުމުން ހިއްސާކުރާ ވަކި އަމާޒުތަކަށް މަސައްކަތް ކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އެހެންކަމުން ދެ ގައުމަށް ވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވި އެވެ.

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" އަކީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް ގުޅިގެން އިގްތިސޯދީ ތަރައްގީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވާ ރަސްމީ ފޯރަމެކެވެ. ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވީ އެ ފޯރަމުގެ ދެ ވަނަ ބުރުގަ އެވެ.

ފޯރަމުގައި ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމަށް އަދި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ގާއިމުކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާ ގުޅިގެން ސަރަހައްދީ ކުރިއެރުމަށާއި ސުލް ހަމަސަލަސް ކަމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުޖުތަމައާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަން ދިނުމުގެ އިތުރުން ސުލްހަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ, އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.