Advertisement

ޖެނުއަރީ މަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށަން ސަރުކާރުން ނިންމައިފި

5 ޑިސެންބަރު 2023 - 19:07 2

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ސްކޫލް ދަރިވަރުންތަކެއް - ފޮޓޯ: މިރާޝް / އަދަދު


ޖެނުއަރީ މަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށަން ސަރުކާރުން ނިންމައިފި

5 ޑިސެންބަރު 2023 - 19:07 2

އަންނަ ޖެނުއަރީ މަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ ވައުދެއް ކަމަށާއި ގައުމީ ސަލާމުން ކިޔެވުން ފަށަން ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށް ކަމަށެވެ. އަދި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ތުއްތު ކުދިން ހެދުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސްކޫލް ފަށާނީ ގައުމީ ސަލާން ކިޔައިގެން، ޑިސެމްބަރުގައި ސްކޫލް ބަންދުވުމަށް ފަހު ޖެނުއަރީގައި ސްކޫލް ހުޅުވޭއިރު ސްކޫލްތަކުގައި ސެޝަން ފަށާނީ ގައުމީ ސަލާމުން،" ރައީސް ވިދާޅުވި އެވެ.

ސްކޫލްތަކުގެ ސެޝަންތައް މިހާރު ވެސް، ކޮންމެ ދުވަހަކު ފަށަނީ ގުރްއާން ކިޔެވުމުންނެވެ. އަދި ހަފުތާއަކު އެއް ފަހަރު ބާއްވާ އެސެމްބްލީތަކުގައި ސްކޫލް ލަވަ ނުވަތަ ގައުމީ ސަލާމް ޖަހަމުންދެ އެވެ.

ގައުމިއްޔަތު އާލާ ކުރުމާއި ގައުމު ދެކެ ލޯބިވާ ޖީލެއް އުފެއްދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނުގެ އިފުތިތާހީ ތަގުރީރުގައި ވެސް އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

ވަރަށް ޔަގީންކަމާއެކު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވައިލަން. އަޅުގަނޑުމެންމި ފަށަނީ ދިވެހި އުންމަތް އޭގެ ހަގީގީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު. މިއީ، ދިވެހިވަންތަ ގައުމީ ޝަހުސިއްޔަތު، އަންނާން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ހައްގެއް،" ނޮވެމްބަރު 17، ގައި ރައީސް ވިދާޅުވެފައިވެ އެވެ.