5 ޑިސެންބަރު 2023 - 14:13 0
މިންހާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
5 ޑިސެންބަރު 2023 - 14:13 0
މިހާރު އަމަލު ކުރަމުންދާ ކުންފުންޏާ ބެހޭ ބިލު ފާސް ކުރިތާ 27 އަހަރު ފަހުން ޒަމާނީ ކުންފުންޏާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލަށް ވޯޓަށް އެހުމުން، ފާސްކުރަން ފެންނަ ކަމަށް 53 މެމްބަރުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ މެމްބަރެކެވެ. އެ ބިލު ފާސްކުރުމާއެކު، ތަސްދީގުކުރުމަށް ރައީސުލްމްހޫރިއްޔާއަށް ފޮނުވާނެ އެވެ.
އެ ބިލުގައި ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމުގެ ހަމަތަކާއި ކުންފުނިތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެނޫން ވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާން ކޮށްފައިވެ އެވެ.
ކުންފުންޏާ ބެހޭ އާ ގާނޫނުގައި 248 މާއްދާ ހިމެނެ އެވެ. މިހާރު އަމަލު ކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނުގައި އޮންނަނީ 101 މާއްދާ އެވެ.
އެ ބިލު ތަސްދީގުކޮށް އަމަލު ކުރަން ފެށުމުން ކުރިން އަމަލު ކުރަމުން އައި ކުންފުންޏާ ބެހޭ ބިލު އުވޭނެ އެވެ. އަދި އާ ގާނޫނާ އެއްގޮތަށް ކަންކަން ބައްޓަން ކުރުމަށް ކުންފުނިތަކަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އިއްޔެގެ ޖަލްސާގައި ވެސް މި ބިލު ފާސް ކުރުމަށް ވޯޓަށް އެހުމަށް ރިޔާސަތުން މަސައްކަތް ކުރި އެވެ. އެހެންނަމަވެސް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް، 44 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ނެތުމުން ވޯޓަށް އެހޭ ގޮތެއް ނުވި އެވެ.
ކުންފުނީގެ ބިލަކީ ނިމިދިޔަ ސަރުކާރުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ބިލެކެވެ.
Comment