Advertisement

ޑިރެކްޓަރުން އައްޔަނުކުރީ އުސޫލާ އެއްގޮތަށްތޯ ކަށަވަރުކުރަން އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަނީ

5 ޑިސެންބަރު 2023 - 13:56 0

އަމަން ހަލީމް

އަމަން ހަލީމް

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ޕީސީބީ ހާޒިރުކުރުމާ ގުޅޭ މަޝްވަރާ ކުރަނީ: މެމްބަރުން އެނގެން ބޭނުންވަނީ ސަރުކާރުން ކަންކަން ކުރަމުންދަނީ ޕީސީބީގެ އުސޫލުތަކާ އެއްގޮތައްތޯ -- ފޮޓޯ/ރައްޔިތުންގެ މަޖިލިސް


ޑިރެކްޓަރުން އައްޔަނުކުރީ އުސޫލާ އެއްގޮތަށްތޯ ކަށަވަރުކުރަން އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަނީ

5 ޑިސެންބަރު 2023 - 13:56 0

ސަރުކާރު ކުންފުނިތަކަށް އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ކަނޑައަޅާފައިވާ ޝަރުތުތަކާއި އުސޫލުތަކަށް ފެތޭ ބަޔެއްތޯ ކަށަވަރުކުރަން އެ ބޯޑުގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެސްއޯއީ ކޮމިޓީއަށް ޕީސީބީ ހާޒިރުކުރަނީ ސަރުކާރު ބަދަލުވުމާ ގުޅިގެން ކުންފުނިތަކުގެ ބޯޑަށް އަންނަ ބަދަލުތަކާ އެކީ، ކުންފުނިތަކުގެ ހިންގުމަށް ބުރޫނާރާނެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ކޮމިޓީގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުން ފުރަތަމަ ވާހަކަ ދެއްކެވީ ލިޔުމުން ޕީސީބީއަށް ހުށަހަޅައިގެން އޮޅުންފިލުވަން ބޭނުންވާ ކަންކަމުގެ ޖަވާބު ހޯދާށެވެ.

އެގޮތުން މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި ޕީސީބީގެ ޝަރުތުތައް ފުރިހަމަ ވޭތޯ ބެލުމާއި ކުންފުނިތަކުގައި ތިބެން ޖެހޭ ޑިރެކްޓަރުންގެ އަދަދާ ގުޅޭ އުސޫލެއް އޮންނަތޯ ބެލުން ހިމެނެ އެވެ. އޭގެ އިތުރުން މެނޭޖްމަންޓަށް އައި ބަދަލާ އެކީ މީހުން ވަޒީފާއިން ވަކިކުރަނީ ކުންފުނިތަކުގައި އޮންނަ ހިއުމަން ރިސޯސް ޕޮލިސީއާ އެއްގޮތަށްތޯ ކަށަވަރުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.

މެމްބަރުންގެ މަޝްވަރާގެ ތެރެއިން ޕީސީބީން ސާފުކުރަން ބޭނުންވާ ގިނަ ކަންކަން ހުރިކަން ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ފާހަގަ ކުރެއްވި އެވެ. އެހެންވެ އޭނާ ހިޔާލު ދެއްވީ މެމްބަރުންގެ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަން ޕީސީބީ ކޮމިިޓީއަށް ހާޒިރުކުރުމަށެވެ.

"މިހާރު ލިޔުމުން ފޮނުވައިގެންތި ހުރިހާ ވާހަކަތަކެއް ގިނަ ފަހަރު ލިޔުމުން އަޔަސް ވެސް ގިނަ ފަހަރު ތިބޭފުޅުން ޑީޓެއިލްކޮށް އެއްޗެއް ސާފު ވާން [ބޭނުންވާނެ] އަދި އެއާ ގުޅޭ ގޮތުން ވަރަށް ގިނަ ސުވާލުތަކެއް އަންނާނެ،" އީސަ ވިދާޅުވި އެވެ.

މުގައްރިރު ދެއްވި ހިޔާލާ އެއްގޮތަށް ކޮމިޓީގެ މެމްބަރުން ނިންމީ ލިޔުމުން ޖަވާބު ހުށަހެޅުމުގެ ބަދަލުގައި ޕީސީބީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރާށެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި އެ ވަގުތު ތިބި އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެސްއޯއީ ކޮމިޓީން ވަނީ ވީ އެންމެ އަވަސް ތާރީހެއްގައި މި ކޮމިޓީ ބައްދަލުވުން ބާއްވަން ނިންމާފަ އެވެ.