Advertisement

ސިޓީތަކުން ޕާސްޕޯޓު ދޫކުރުން ދެ ގުނަ އަވަސް ކުރަނީ

3 ޑިސެންބަރު 2023 - 14:32 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އިމިގްރޭޝަންގެ ޕާސްޕޯޓު ދޫކުރާ ކައުންޓަރު-- ފޮޓޯ: އިމިގްރޭޝަން


ސިޓީތަކުން ޕާސްޕޯޓު ދޫކުރުން ދެ ގުނަ އަވަސް ކުރަނީ

3 ޑިސެންބަރު 2023 - 14:32 0

ސިޓީތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެެ ރީޖަނަލް އޮފީސްތަކުން ދިވެހި ޕާސްޕޯޓު ދޫކުރުން ދެ ގުނައަށް އަވަސް ކުރުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފި އެވެ.

މި ބަދަލާ އެކު ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އަވަސްވާނީ އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ އިމިގްރޭޝަން އޮފީހުންނެވެ.

އިމިގްރޭޝަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ އަށް މީގެކުރިން ޕާސްޕޯޓު ފޮނުވަމުން ދިއައީ ހަފްތާއަކު ދު ދުވަހު ކަމަށާއި ނަމަވެސް ދެން ކޮންމެ ހަފްތާއަކު ހަތަރު ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓު ފޮނުވޭނެ ކަމަށެވެ.

އަދި, ކުޅުދުއްޓާއި ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިއައީ ހަފްތާއަކު އެއް ދުވަހު ކަމަށާއި މި ބަދަލާއެކު މިއިން ކޮންމެ އޮފީހަކަށް ވެސް ހަފްތާއަކު ދެ ދުވަހު ޕާސްޕޯޓު ފޮނުވޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮންޓްރޯލާ ޖެނެރަލްގެ މި ނިންމުމާއެކު، ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ނެގުމަށް ހިޔާރުކުރާ ފަރާތްތަކަށް ހަލުވިކަމާއެކު ޕާސްޕޯޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އަދި އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، މި ހިދުމަތް ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށް ވެސް ފުޅާކުރުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.