2 ޑިސެންބަރު 2023 - 19:25 0
އާމިނަތު ނިއުޝާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް
2 ޑިސެންބަރު 2023 - 19:25 0
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ ގަރާރު މާދަމާއަށް އެޖެންޑާކޮށްފި އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާ އެކު އީވާގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. މި މަހު 13 ގައި އެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާ ފެށުމާއެކު ނަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެމްޑީޕީއިން ދެކޭ ގޮތުގައި މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގަ އެވެ.
ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އެ ދުވަހު ވަޑައިގެންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ތަޅުމުގައި ނުރުހުން ފާޅުކޮށްފަ އެވެ.
ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރާ މެދު އީވާ އާއި ވިލުފުށި ދާއިރާ މެންބަރު ހަސަން އަފީފު އަމަލުކުރެއްވި ގޮތުގެ ކަންބޮޑުވުމާ އެކު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބައްދަލުވުމެއް ބާއްވައި ނިންމީ، އީވާ އާއި އަފީފު މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment