Advertisement

އައްޑޫގައި ބޮޑު މާރާމާރީއެއް، އެކަކުގެ ހާލު ސީރިއަސް

2 ޑިސެންބަރު 2023 - 14:13 1

ެައައްޑޫ ސިޓީ ހިތަދޫ. ހިތަދޫގައި މިއަދު ބޮޑު މާރާމާރީއެއް ހިންގައި އެކަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި. ފައިލް ފޮޓޯ


އައްޑޫގައި ބޮޑު މާރާމާރީއެއް، އެކަކުގެ ހާލު ސީރިއަސް

2 ޑިސެންބަރު 2023 - 14:13 1

އައްޑޫ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދު ރޭ ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ދެ ގްރޫޕުގެ ދެމެދު ކުރިމަތިލުމެއް ހިނގި އިރު ދެ ގްރޫޕުން ވެސް ތިބީ ތޫނު ހަތިޔާރު ހިފައިގެންނެވެ. އެ މާރާމާރީގައި ޒަހަމްވީ މީހާގެ ނިންކުރިން ވަރަށް ފުންކޮށް ޒަހަމްކޮށްލާފައި ވާއިރު ގައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.