Advertisement

ޝާހިލް ވަކީލުންނާ ވާހަކަ ނުދައްކާތީ ޝަރީއަތް ހުއްޓިފައި

30 ނޮވެންބަރު 2023 - 13:43 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޝިއާއުގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ ޝާހިލް: ދިފާއީ ވަކީލުންނާ ވާހަކަ ނުދައްކާތީ ތިން ވަކީލަކު މިހާރު ވެސް ވަނީ މައްސަލައިން ތަނާޒުލްވެފަ -- ފޮޓޯ: ފައިލް


ޝާހިލް ވަކީލުންނާ ވާހަކަ ނުދައްކާތީ ޝަރީއަތް ހުއްޓިފައި

30 ނޮވެންބަރު 2023 - 13:43 0

ވަރަށް އަނިޔާވެރިކޮށް ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލަ ކޯޓުގައި ހުއްޓިފައި އޮތީ އެ މައްސަލައިގައި ދައުވާ ލިބޭ އަލީ ޝާހިލް ދިފާއީ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާ އުފުލީ ޑިސެމްބަރު 28، 2022 ގަ އެވެ. ޝިއާއު، 22، މަރާލާފައި އޮއްވާ ފެނުނީ އޯގަސްޓު 6، 2022 ގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ ޝާހިލް، 23، އެއްގޮތަކަށް ވެސް އޭނާގެ ދިފާއީ ވަކީލުންނަށް އެއްބާރުލުން ނުދޭ ކަމަށާއި އެ މައްސަލައިގައި ދައުލަތުން އައްޔަނުކުރި ތިން ވަކީލުން މިހާރު ވެސް މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ.

"ވަކީލުން އޭނާއާ ބައްދަލު ކުރަން ދިޔައީމަ ވާހަކަ ވެސް ނުދައްކާ،" ޝަމީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މައްސަލަ އަލުން ފަށައިގަނެ ކޯޓުގައި ކުރިއަށްގެންދެވޭނެކަމުގެ އުއްމީދު އޮތް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝާހިލްގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް ދައުލަތުން އުފުލި އެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ހިމެނެ އެވެ. އަދި ދެ ދައުވާއެއް ސިއްރު ކޮށްފައި ވެ އެވެ. ޕީޖީ އޮފީހުން ކުރިން ބުނެފައި ވަނީ ޝިއާއުގެ އާއިލާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ދައުވާގެ ބާވަތް ހާމަ ކުރަން ބޭނުންނުވާ ކަމަށެވެ.

ޝިއާއުއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ. ސާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ.