Advertisement

ނިއުސް ހެޑް ވަކިކޮށް ޕީއެސްއެމްގެ ހިންގުން ވަގުތީގޮތުން ސީނިއާ ނޫސްވެރިއަކަށް

29 ނޮވެންބަރު 2023 - 10:21 5

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޕީއެސްއެމް -- ފޮޓޯ: އަދަދު


ނިއުސް ހެޑް ވަކިކޮށް ޕީއެސްއެމްގެ ހިންގުން ވަގުތީގޮތުން ސީނިއާ ނޫސްވެރިއަކަށް

29 ނޮވެންބަރު 2023 - 10:21 5

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ނިއުސްރޫމް ހިންގުން ވަގުތީގޮތުން އެ ނޫހުގެ ސީނިއާ ނޫސްވެރިޔާ ހުސެއިން އަމީންއާ ހަވާލުކޮށްފި އެވެ.

މީގެ ކުރިން ދައުލަތުގެ މީޑިއާގެ ނިއުސް ރޫމް ހިންގަވަމުން ގެންދެވީ މުހައްމަދު އަފްޒަލެވެ. ޕީއެސްއެމްގެ އާ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އިއްޔެ ފޮނުއްވި މެމޯއެއްގައިވާ ގޮތުން އަފްޒަލް ދެން ކުރައްވަންޖެހޭނީ "މެނޭޖިން ޑިރެކްޓަރު އަންގަވާ މަސައްކަތްތައް" އެކަންޏެވެ.

އަމީންއަކީ އިއްޔެ މަގާމާ ހަވާލުވެވަޑައިގެންނެވި ޒީނާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ. ޒީނާ އޮފީހަށް ނުކުމެވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޮނުއްވި މެމޯގައިވާ ގޮތުން ނިއުސްރޫމް ހިންގުމަށް އަމީންއަށް އެހީތެރިވެދޭނީ ސީނިއާ އެޑިޓަރު އަހްމަދު ޖަދުއާން އަދި މުހައްމަދު ޖިނާހެވެ.

އަފްޒަލަށް ނޫސްވެރިކަމުގެ އިނާމު ދެނީ. އޭނާ އަންނަނީ 1999 އިން ފެށިގެން އެ ކުންފުނީގައި ހިދުމަތް ކުރަމުން ---


މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގައި ބައިވެރިވުމަށް އަމީން ވަނީ ދެ ހަފުތާއެއްހާ ދުވަހަށް ރަސްމީ ގޮތުން އޮފީހުން ވީއްލިފަ އެވެ.

އަމީން ވަނީ މީގެ ކުރިން ދި ޓީވީގައި މަސައްކަތްކޮށްފަ އެވެ. އޭނާ ޕީއެސްއެމްއާ ގުޅުނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ޖަދުއާން އަދި ޖިނާހަކީ 2016 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.

ނިއުސް ހެޑްގެ މަގާމުން ވަކި ކުރި އަފްޒަލްއަކީ 1999 ވަނަ އަހަރު ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވާ މުވައްޒަފެކެވެ. އޭނާއަށް ވަނީ ނޫސްވެރިކަމުގެ ރަން ގަލަން ވެސް ލިބިވަޑައިގެންފަ އެވެ.