Advertisement

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ، ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

28 ނޮވެންބަރު 2023 - 13:19 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ، ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

28 ނޮވެންބަރު 2023 - 13:19 0

މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހާލު ސީރިއަސްވި ފިރިހެން މީހާ މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އަނިޔާ ލިބުނީ އެކްސިޑެންޓުވި ތިން ސައިކަލުގެ ތެރެއިން ދެ ސައިކަލެއްގައި ތިބި މީހުންނަށެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު، އެކްސިޑެންޓުވި އެއް ސައިކަލުގައި ތިބި ދެމަފިރިންގެ ހާލު ސީރިޔަސްވެ އިތުރު ފަރުވާދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނިގޮތުގައި ފަރުވާދެމުންދިޔަ ދެމީހުންގެ ތެރެއިން ފިރިހެން މީހާ ވަނީ ރޭގެ ވަގުތެއްގައި މަރުވެފަ އެވެ. އަދި, އަންހެން މީހާގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށާއި ނަމަވެސް އަދިވެސް އޭނާ އޮތީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހިގެންނެވެ.

އަދި, މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން 30 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރި ކަމަށާއި ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ބުންޏެވެ.