Advertisement

އައިނީ، ޑިސްކަސް އުކުމުގެ ގައުމީ ރެކޯޑް އާ ކޮށްފި

28 ނޮވެންބަރު 2023 - 08:52 0

ގައުމީ މުބާރާތުގެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އައިނީ، ޑިސްކަސް އުކުމުގެ ގައުމީ ރެކޯޑް އާ ކޮށްފި

28 ނޮވެންބަރު 2023 - 08:52 0

އަންހެނުންގެ ޑިސްކަސް އުކުމުގެ ގައުމީ ރެކޯޑް ނުވަ މަސް ތެރޭ ދެ ފަހަރެއްގެ މަތިން، އައިޝަތު އައިނީ މުހައްމަދު މުގުރާލައިފި އެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު މި ފަހަރު ހޯދި އައިނީ، ރެކޯޑް މުގުރާލީ 32.46 މީޓަރު ދުރަށް އެއްލައިގެންނެވެ.

އެންމެ ފަހުން އައިނީ އެ ރެކޯޑް ހެދީ މި އަހަރު މާޗް މަހު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގަ އެވެ. އެ ފަހަރު އޭނާ ވަނީ 29.99 މީޓަރު ދުރަށް އެއްލައިފަ އެވެ. އަހަރެއްގެ ތެރޭގައި އައިނީ މި ވަނީ އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ގައުމީ މުބާރާތުގައި ވާދަކޮށް، މި ފަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިނީ އަށް މިއީ ކާމިޔާބު އަހަރެކެވެ. ގައުމީ ލެވަލްގައި އިންޑިވިޖުއަލް ބޮޑު ޓްރޮފީ އަކާއި ދެ ފަހަރެއްގެ މަތިން ގައުމީ ރެކޯޑް އާ ކުރީ އެވެ.

އައިނީ އަކީ ވޭތުވެދިޔަ 16 އަހަރު ތެރޭ ފަހު ފީލްޑް އެތުލީޓުންގެ ތެރެއިން ގައުމީ މުބާރާތުގައި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ފުރަތަމަ ފަރާތެވެ. ގައުމީ މުބާރާތުގެ ފިރިހެން ބައިން އެންމެ މޮޅު އެތުލީޓުގެ މަގާމު ފީލްޑް އެތުލީޓެއް އެންމެ ފަހުން ހޯދީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު، އެ ކާމިޔާބީ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝަމްއޫން އެވެ.