Advertisement

ބޭރުގެ ޕާސްޕޯޓު އޮތީ މާރިޔާ އަދި ހައިދަރު އަތުގައި، މިހާރު ވަނީ ދޫކޮށްލާފަ

27 ނޮވެންބަރު 2023 - 13:32 5

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު : ބޭރުގެ ޕާސްޕޯޓު އޮތީ އެ ދެ ވަޒީރުން އަތުގައި - ފޮޓޯ؛ އަދަދު


ބޭރުގެ ޕާސްޕޯޓު އޮތީ މާރިޔާ އަދި ހައިދަރު އަތުގައި، މިހާރު ވަނީ ދޫކޮށްލާފަ

27 ނޮވެންބަރު 2023 - 13:32 5

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވީ އާ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރުގެ އަތުގައި ކަން އިނގިއްޖެ އެވެ.

އެ ދެ ވަޒީރުން ވެސް މިހާރު ވަނީ އެހެން ގައުމުތަކުގެ ޕާސްޕޯޓުތައް ދޫކޮށްލާފަ އެވެ. މިނިސްޓަރު މާރިޔާ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ އަތުގައި އޮތް ނިއުޒިލޭންޑުގެ ޕާސްޕޯޓު ދޫކޮށްލީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ކަމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވަނީ އޭނާ ވެސް ވަޒީރުކަމާ ހަވާލުވުމަށް އިނގިރޭސިވިލާތުގެ ޕާސްޕޯޓު ދޫކޮށްލެއްވި ކަމަށް ވިދާޅުވެފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން، އެއްވެސް ވަޒީރެއްގެ އަތުގައި ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ބެލުމަށް ރައީސް އޮފީހުގައި އެދުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.

ބޭރުގެ ޕާސްޕޯޓު އޮތް ދެ ވަޒީރުންނަކީވެސް ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެއް ދިރިއުޅުއްވި ދެ ބޭފުޅުންނެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެންމެ ގިނަ މިނިސްޓަރުން އެކުލެވޭ ކެބިނެޓެވެ. މި ކެބިނެޓުގައި ހިމެނޭ އަންހެން މިނިސްޓަރުންގެ އަދަދަކީ ތިނެކެވެ.

ރައީސް އާއި ނައިބު ރައީސްގެ އިތުރުން ވަޒީރުންގެ މަޖިލީސް އެކުލެވިގެން ވަނީ އެކިއެކި ވުޒާރާތައް ހިންގުމާ ރައީސް ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަނައިބުގެ މައްޗަށެވެ. ރައީސް އާއި ނައިބު ރައީސް ފިޔަވައި ވަޒީރުންގެ މަޖިލީހުގެ އެހެން މެންބަރުންނަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

ގާނޫނުއަސާސީގެ 129 މާއްދާގެ ރ. ގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަނު ކުރައްވާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސް ހުށަހަޅަންވާނެ އެވެ.