25 ނޮވެންބަރު 2023 - 22:42 0
މުހައްމަދު ޖަމްޝަތު ވަހީދު
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބުނު ނަސީބުވެރިއަކާ އިނާމު ހަވާލުކުރުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
25 ނޮވެންބަރު 2023 - 22:42 0
ދިވެހިންގެ މެދުގައި މަގުބޫލު ޔޭޔޭ ކޮފީ ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ ބީއެޗްއެމް ޓްރޭޑާސް އިން މި އަހަރު ކުރިއަށްގެންދިޔަ ޔޭޔޭ ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒް ލިބޭ ނަސީބުވެރިން ހޮވައިފި އެވެ.
މި ޕްރޮމޯޝަނަކީ ބީއެޗްއެމް އިން ކޮންމެ އަހަރުކު ވެސް ކުރިއަށްގެންދާ ބޮޑު ޕްރޮމޯޝަނެކެވެ. މި އަހަރުގެ ޕްރޮމޯޝަން ކުރިއަށްގެންދިޔައީ އޮގަސްޓުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށެވެ.
ބީއެޗްއެމްގެ ހެޑް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ވަނީ މި އަހަރުގެ ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒްތައް ލިބޭ ނަސީބުވެރިންނާއި އިނާމުތައް ހަވާލުކޮށްފަ އެވެ. ގްރޭންޑް ޕްރައިޒްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ނަސީބުވެރި ދެފަރާތަކަށް ސްކޫޕީ ސައިކަލެވެ. އަދި, އިތުރު ފަސް ނަސީބުވެރިން ހޮވައި ކޮންމެ ނަސީބުވެރިއަކަށް ހައިސެންސް ބްރޭންޑުގެ 55 އިންޗީގެ ސްމާޓް ޓީވީއެއް ވެސް ވަނީ ދީފަ އެވެ.
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ބޮޑު އިނާމުގެ ނަސީބުވެރިންނާ އިނާމުތައް ހަވާލުކޮށްދެއްވީ ބީއެޗްއެމްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު އިބްރާހިމް މަައުމޫން އާއި އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް އެވެ.
އޭގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދިޔަ މުއްދަތުގައި ކޮންމެ މަހަކު ނަސީބުވެރި ފަރާތެއް ހޯދައި މެކްބުކް ޕްރޯ އެެއްވެސް ވަނީ ދީފަ އެވެ. އަދި ކޮންމެ ހަފްތާއަކު ހަަތަރު ފަރާތަކަށް ޓޯސްޓަރު، ފަހާފޮށި އަދި އެއާ ފްރަޔާ ފަދަ ގޭތެރޭ ބޭނުންކުރާ ސާމާނު ދީފައިވާއިރު ކޮންމެ ދުވަހަކު ފަސް ނަސީބުވެރިން ހޮވައި އިނާމަކަށް ތަމްބްލާ އަދި ފްލާސްކްވެސް ވަނީ ދީފަ އެވެ.
ބީއެޗްއެމް ޓްރޭޑާސް އަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ.
Comment