Advertisement

ކުރީ ސަރުކާރުން ފަހުވަގުތު ދިން ސްޓޫޑެންޓު ލޯނުތައް އަތު ނުލާނަން: މާރިޔާ

25 ނޮވެންބަރު 2023 - 12:12 8

ނިމާ ހަސަން

ނިމާ ހަސަން

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ; ކުރީ ސަރުކާރުގައި ދިން ސްޓޫޑެންޓު ލޯނުތައް އަތުނުލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް/ އަދަދު


ކުރީ ސަރުކާރުން ފަހުވަގުތު ދިން ސްޓޫޑެންޓު ލޯނުތައް އަތު ނުލާނަން: މާރިޔާ

25 ނޮވެންބަރު 2023 - 12:12 8

ކުރީ ސަރުކާރުން ފަހު ވަގުތު ދިން ސްޓޫޑެންޓު ލޯނުތައް އަތު ނުލައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

'އަދަދު' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ކުރީ ސަރުކާރުގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް އެއް ފަހަރާ ލޯނު ދީފައިވީ ނަމަވެސް އެ ލޯނުތައް އަތުނުލައްވާ, ވެފައިވާ ވައުދާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.

އެއް ދާއިރާއަކުން ގިނަ ދަރިވަރުންނަކަށް ލޯނު ދިން ނަމަވެސް, އެ ކުދިންނަށް ލިބުނު ފުރުސަތާ އެއްގޮތަށް ތައުލީމާއި ތަމްރީނު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެފައިވާ ވައުދެއް [ފުއްދާކަށް] ފަހެއް ނުޖެހޭނަން. އެހެންވީމަ އެގޮތުގެ މަތިން އެ ކުދިންނަށް ލޯނުގެ ފުރުސަތު ލިބޭނެ. ހަމަ އެ ކުދިންނަށް ތައުލީމާއި ތަމްރީނު ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ސްޓޫޑެންޓު ލޯނަށް ހުޅުވައިލީ 720 ފުރުސަތަށެވެ. އެހެން ނަމަވެސް, ލޯނަށް އެދި ދަރިވަރުން ހުށަހެޅި ފަހުން, އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭށެވެ. އެ ނިންމުވުމާ އެކު މިއަހަރުގެ ސްކީމުގެ ދަށުން ޖުމްލަ 1225 ދަރިވަރުންނަށް ލޯނު ލިބޭއިރު, އޭގެ ތެރޭގައި ޕައިލެޓުކަން ކިޔަވަން އެދުނު 479 ކުދިން ހިމެނެ އެވެ.

އެއް ދާއިރާއަކުން ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ލިބުމުން, ވަޒީފާގެ ފުރުސަތު ނުލިބުމުގެ ކަންބޮޑުވުން އެބަ އޮތެވެ. އަދި ނަމަވެސް, ލޯނު ލިބުނު ބައެއް ދަރިވަރުން, ކިޔަވަން ބޭނުންވާ ދާއިރާ ބަދަލުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަމުން އެބަ ދެ އެވެ. އަދި އެ ކުދިންނަށް އެ ފުރުސަތު ދެމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެ މިނިސްޓްރީން ތައާރަފުކުރަން ގަސްތުކުރާ ކެރިއާ ގައިޑަންސް ޔުނިޓުތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް ހޯއްދަވައި ދެއްވާނެ އެވެ.

"މި ސަރުކާރުގެ މަގްސަދަކީ ދިވެހި ދަރިންނަށް ފުރުސަތުތައް ހޯދައިދިނުން. އެގޮތުގެ މަތިން އަޅުގަނޑުމެން އުފައްދަން މިއުޅޭ ކެރިއާ ގައިޑަންސް ޔުނިޓުތަކުން މަސައްކަތް ކުރާނަން ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން." މާރިޔާ ވިދާޅުވި އެެވެވ.

ސްޓޫޑެންޓު ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނަށް, ރާއްޖެއަށް ހިދުމަތް ކުރުމުގެ ބޮންޑެއް ނޯވެ އެވެ. އެހެންކަމުން ލޯނުގެ ދަށުން ކިޔަވައި ނިންމައިގެން އެހެން ގައުމުތަކުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ވެސް އެ ކުދިންނަށް އެބަ އޮތެވެ.