26 ނޮވެންބަރު 2023 - 07:02 0
މަރިޔަމް އަފާ ނިޒާމް
"ގާލްސް ކޭން" ކެމްޕެއިންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި -- ފޮޓޯ: ދިރާގު
26 ނޮވެންބަރު 2023 - 07:02 0
އޮސްޓްރޭލިއާގެ ނެޓްފިޓް ނެޓްބޯލް، ގްރީން ސްޓްރީޓްސް ނެޓްބޯލް އަދި އެމްވީ ނެޓާސްއާ ގުޅިގެން ކުރިއަށް ގެންދާ "ގާލްސް ކޭން" ކެމްޕެއިންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ނެޓްފިޓް ނެޓްބޯލްއަކީ 100،000 އަށް ވުރެ ގިނަ މެމްބަރުންނާއެކު ދުނިޔޭގެ އެއް ވަނަ ނެޓްބޯޅަ ޑިޖިޓަލް ޕްރޮގްރާމެވެ. އެ ކުންފުންޏާއެކު ރާއްޖޭގައި ކުރިއަށް ގެންދާ މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ކުޅިވަރުގެ ޒަރިއްޔާއިން އަންހެން ކުދިން ބާރުވެރިކުރުވުމެވެ.
ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އޮސްޓްރޭލިއާގެ އެލީޓް ނެޓްބޯޅަ ކުޅުންތެރިންކަމަށްވާ ނެޓްފިޓްގެ ސީއީއޯ ސާރާ އަދި ފައުންޑާ ވޯލް އަދި ޝާނީ ނޯޑާ ރާއްޖޭގައި އޮންސައިޓް ޓްރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ ތެރޭގައި ނެޓްބޯޅަ އެކަޑަމީތަކުގެ ކްލިނިކްތަކާއި، ކޯޗިން ވޯކްޝޮޕްތައް އަދި ނެޓްބޯޅަ ކްލަބްތަކާއި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމާ އެކުވެސް ސެޝަންތައް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ސްކޫލްތަކަށް އަމާޒުކޮށްގެން ޒުވާން ކުޅުންތެރިންނަށް ކްލާސްތަކެއް ވެސް ބާއްވާނެ އެވެ.
ޒުވާނުން ބާރުވެރިކުރުވައި އެފަރާތްތަކަށް އެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ އެވެ. މިފަދަ ކުޅިވަރު ހަރަކާތްތަށް ބާއްވާ އިންތިޒާމުކުރުމަށް އެއްބާރުލުންދިނުމަކީ ދިވެހި ކުޅިވަރު ކުރިއަރުވައި ދިވެހި އެތުލީޓުންގެ ހުނަރު އިތުރުކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
Comment