Advertisement

ނޫސްވެރިކަމުގެ އިނާމު 2023ގެ މެއިން ޕާޓްނަރަކަށް ދިރާގު

25 ނޮވެންބަރު 2023 - 10:19 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

"ނޫސްވެރިކަމުގެ އިނާމު 2023"ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި-- ފޮޓޯ: ދިރާގު


ނޫސްވެރިކަމުގެ އިނާމު 2023ގެ މެއިން ޕާޓްނަރަކަށް ދިރާގު

25 ނޮވެންބަރު 2023 - 10:19 0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އިންތިޒާމްކޮށްގެން ބާއްވާ "ނޫސްވެރިކަމުގެ އިނާމު 2023"ގެ މެއިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އެމްއެމްސީން ކޮންމެ އަހަރަކު ވެސް ބާއްވާ މި ހަފްލާއަކީ ދިވެހި ނޫސްވެރިންގެ މަސައްކަތްތެރިކަމަށް އަލިއަޅުވާލާ ނޫސްވެރިންގެ ކާމިޔާބީތައް ފާހަގަކުރުމަށް ދޭ އެވޯޑުތަކެކެވެ. މި ހަފްލާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ނޫސްވެރިން ކުރަމުންދާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދިނުމެވެ.

އެގޮތުން ޕްރިންޓް، ބްރޯޑްކާސްޓް އަދި ޑިޖިޓަލް ނޫސްވެރިކަމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފީޗާ ރިޕޯޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމް އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ރިޕޯޓިން ފަދަ ކެޓަގަރީތަކުން އިނާމު ހަވާލުކުރެ އެވެ.

"ނޫސްވެރިކަމުގެ އިނާމު 2023 ޕަވަރޑް ބައި ދިރާގު" ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގަ އެވެ. މި ހަފްލާގައި 12 ކެޓެގަރީއަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެ އެވެ. އަދި އެންމެ ޝަރަފުވެރި "ޖާނަލިސްޓް އޮފް ދަ ޔާ" އެވޯޑު ހޮވުމަށް ހަމަޖެހިފައިވާނީ ވޯޓާ އެސްއެމްއެސްއިންނެވެ.

ދިރާގުން އަންނަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.