Advertisement

ރާއްޖެއަށް ބިދޭސީން ގެންނަން މިދިޔަ 11 އަހަރު ތެރޭ ދޫކުރި ކޯޓާގެ އަދަދު ފަސް ލައްކައަށް

23 ނޮވެންބަރު 2023 - 17:17 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ހުޅުމާލޭގައި ހިނގަމުންދާ މަޝްރޫއަކަށް ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރިންތަކެއް ---- ފޮޓޯ:އަދަދު


ރާއްޖެއަށް ބިދޭސީން ގެންނަން މިދިޔަ 11 އަހަރު ތެރޭ ދޫކުރި ކޯޓާގެ އަދަދު ފަސް ލައްކައަށް

23 ނޮވެންބަރު 2023 - 17:17 0

ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީ މުވައްޒަފުން ގެނައުމަށް މިދިޔަ 11 އަހަރުތެރޭ 523،755 ކޯޓާ ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން އާންމުކުރި ބިދޭސީ މުވައްޒަފުންގެ ތަފާސްހިސާބުތަކާއި އެކްސްޕެޓް ސިސްޓަމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމަޔަށް، އަހަރެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ކޯޓާ ދޫކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު އެކަނިވެސް 97،263 ކޯޓާ ދޫކުރި އިރު ދެވަނަ އަށް އެންމެ ގިނައިން ކޯޓާ ދޫކުރި އަހަރު ކަމަށްވާ 2013 ވަނަ އަހަރުވެސް 93،312 ކޯޓާ ވަނީ ދޫކޮށްފަ އެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރާ މިންވަަރު އެކި އަހަރުތަކުގައި ހުރީ އެކި މިންވަރަށެވެ. އެގޮތުން އެންމެ މަދުން ކޯޓާ ދޫކުރީ 2020 ވަނަ އަހަރު އެވެ. ކޮވިޑާއި ގުޅިގެން އެއަހަރުގެ ކޯޓާގެ ނަމްބަރުތައް ދަށްވި ނަމަވެސް ޖެހިގެން އަައި އަހަރުތަކުގައި އެ އަދަދު ވަނީ އުފުލިފަ އެވެ. އެގޮތުން މިދިޔަ އަހަރު ބައިލައްކައަށްވުރެ ގިނަ ކޯޓާ ދޫކުރި އިރު މި އަހަރު އެ އަދަދު ހުރީ 33،254 އަށް ދަށްވެފަ އެވެ.

މިދިޔަ ހަ އަހަރު ތެރޭ ކޯޓާ ދޫކުރި އަދަދުތައް

  • 2018 - 972،613 ކޯޓާ
  • 2019 - 26،535 ކޯޓާ
  • 2020 - 7،774 ކޯޓާ
  • 2021 - 32،318 ކޯޓާ
  • 2022 - 54،759 ކޯޓާ
  • 2023 - 33،254 ކޯޓާ

އެ އަދަދުތަކުން މި ދައްކުވައިދެނީ މިނިސްޓްރީން ދޫކޮށްފައިވާ ޝަރުތު ހަމަވާ ކޯޓާ ސްލޮޓްތަކުގެ އަދަދެވެ. މިހާރު ބޭނުންކުރާ ކޯޓާގެ އަދަދުތަކެއް ނޫނެވެ. އަދި ކޯޓާ ސްލޮޓުގެ އަދަދު ވޯކް ޕާމިޓު ދޫކޮށްފައިވާ އަދަދާވެސް ތަފާތު ވާނެ އެވެ. އެހެންކަމުން މި އަދަދުތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަސްލު އަދަދާ ތަފާތުވާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ކޯޓާ އެލިޖަބަލްވާ ޝަރުތު ފުރިހަމަވާނަމަ ނުވަތަ ހިނގަ ހިނގާ އޮތް މަޝްރޫއެއް އޮތް ނަމަ ޝަރުތު ހަމަވާ ކޯޓާ ސްލޮޓްތަކުގެ މުއްދަތު ހަމަނުވާނެ އެވެ. އަދި ސިސްޓަމް ސްލޮޓްތަކުގެ މުއްދަތު ހަމަވާނެ ވަކި ތާރީހެއް ނޯންނައިރު ފައިސާ ދައްކާފައިވާ ސްލޮޓްތަކަށް ކޯޓާ ފީ ދައްކާފައިވާ މުއްދަތާ ހަމަޔަށް އެ ކޯޓާތައް ވެސް ސައްހަވާނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ފައިސާ ދައްކާފައިވާ 220،045 ކޯޓާ ސްލޮޓް އޮތް އިރު ބޭނުންކުރަމުންދަނީ 196،453 ސްލޮޓް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގެ މައްސަލަ ބޮޑުވެފައިވާއިރު 2019 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންވަނީ އެ ފަދަ ފަރާތްތައް ހޯދާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އަދި ކޮވިޑްގެ ދުވަސްވަރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 18،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.