Advertisement

އެސްޓީއޯ އަންކާރާ ނައިޓް މި ފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެންބަރު 2023 - 09:45 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މިދިޔަ އަހަރު ބޭއްވި އެސްޓީއޯ އަންކާރާ ނައިޓް، މިއަހަރުގެ އަންކާރާ ނައިޓް އޮންނާނީ އަންނަ ހޮނިހިރުދުވަހުގެ ރޭ އެމްއެންޔޫގައި --- ފޮޓޯ:އެސްޓީއޯ


އެސްޓީއޯ އަންކާރާ ނައިޓް މި ފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެންބަރު 2023 - 09:45 0

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ "އަންކާރާނައިޓް" އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް)އާ ގުޅިގެން މިއަހަރު ކުރިޔަށް ގެންދާ އަންކާރާ ނައިޓް ބާއްވާނީ ހޮނިހިރު ދުވަހުގެ ރޭގެ 8:00 ން 10:30 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގަ އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި މި ހަރަކާތުގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިންް އާއެކު ލައިވް މިއުޒިކްވެސް އޮންނާނެއެވެ. އަދި އަންކާރާ ނައިޓަށް ޒިޔާރަތްކޮށްގެން އިނާމެެއް ހޯދުމުގެ ފުރުސަތުވެސް އެސްޓީއޯ އިން ވަނީ ހުޅުވާލާފަ އެވެ.

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ.

އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު، ތަރުކާރީ، ބުރޭން، ހޯލް ވީޓް ފަދަ ގިނަ ބާވަތުގެ ޕާސްތާ އެސްޓީއޯ އިން ލިބެން ހުރެއެވެ.

އަންކާރާ ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއްގެ ޕާސްތާއެކެވެ. އަދި ކުޑަކުދިންނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ޗޮއިސް އެކެވެ.

އެސްޓީއޯ އަންކާރާ ނައިޓް މިދިޔަ އަހަރު ކުރިޔަށްގެންދިޔައީ އައްޑޫ ސިޓީގައެެވެ.