Advertisement

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް މުހައްމަދު ރަޝީދު

22 ނޮވެންބަރު 2023 - 16:44 1

ނިމާ ހަސަން

ނިމާ ހަސަން

މުހައްމަދު ރަޝީދު (ބިގޭ) އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އިންތިހާބުކުރީ 28 ވޯޓުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް މުހައްމަދު ރަޝީދު

22 ނޮވެންބަރު 2023 - 16:44 1

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުކޮށްފި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހުވުމަށް ދާދި ދެންމެ ބޭއްވި ބައްދަލުވުމުގައި މުހައްމަދު ރަޝީދަށް ލިބިވަޑައިގަތީ 28 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ކާށިދޫ މެމްބަރު އަބްދުﷲ ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ލިބިވަޑައިގަތީ ހަތަރު މެންބަރުންނެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރުމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަސްލަމް އިންތިހާބުކުރީ ފެބްރުއަރީ 18، 2022 ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޕާލިމެންޓަރީ ގްރޫޕް ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. ރިޔާސީ ކެންޑިޑޭޓު އެމްޑީޕީގެ ކެންޑިޑޭޓޫ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެސް ހަމަޖެއްސެވީ އޭނާ އެވެ.