Advertisement

ރެއާލުން ބްރައިޓަންގެ ކޯޗު ޑި ޒާބީއާ މަޝްވަރާކޮށްފި: ރިޕޯޓް

22 ނޮވެންބަރު 2023 - 10:13 0


ރެއާލުން ބްރައިޓަންގެ ކޯޗު ޑި ޒާބީއާ މަޝްވަރާކޮށްފި: ރިޕޯޓް

22 ނޮވެންބަރު 2023 - 10:13 0

މެޑްރިޑް (ނޮވެމްބަރު 22) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވުމުގެ އޮފާއާ އެކު، އެ ޓީމުގެ އިސް އޮފިޝަލުން، ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ކޯޗު، އިޓަލީގެ ރޮބާޓޯ ޑި ޒާބީއާ މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑި ޒާބީ، 44، މިދިޔަ ސީޒަނުގެ މެދުތެރެއިން ބްރައިޓަންއާ ހަވާލުވެ އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތެއް ކުރަމުންނެވެ. ޑި ޒާބީ މި ވަގުތު ބްރައިޓަންގެ ކޮންޓްރެކްޓްގައި ހުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރެއާލްގެ ކޯޗަކަށް ހުރި އިޓަލީގެ ތަޖުރިބާކާރު ކާލޯ އަންޗެލޮޓީ އަށް އާ ކޮންޓްރެކްޓެއް ދިން ނަމަވެސް އޭނާ ހުރީ އެ އޮފާ ގަބޫލުކުރާގޮތަށް ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަންޗެލޮޓީ ހުރީ ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން އެއްބަސްވެގެން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މިއާ އެކު، ރެއާލްގެ ވެރިން މިސްރާބު ޖަހާފައިވަނީ އާ ކޯޗެއް ހޯދުމާ ދިމާލަށެވެ. އެ ގޮތުން، އެ ކްލަބްގައި މިހާރު އޮތް ޒުވާން ކުޅުންތެރިން ޑިވެލޮޕްކޮށް، ރީތި ފުޓްބޯޅައެއް، ރަނގަޅު ސިސްޓަމެއްގެ ތެރެއިން ކުޅުވާނެ ކޯޗެއް ހޯދަން އެ ކްލަބުން ކުރި މަސައްކަތުގައި ފާހަގަވީ ޑި ޒާބީ އެވެ.

ނަޕޯލީ އަށް ވެސް ކުރިން ކޯޗުކޮށްދިން ޑި ޒާބީއާ އެކު، ދާދި ފަހުން ރެއާލުން ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި ޑި ޒާބީ ވެސް ހުރީ އޮފާ ރަނގަޅުނަމަ ބްރައިޓަން ދޫކޮށްލައި، ރެއާލާ ގުޅެން ތައްޔާރަށެވެ.

ބްރައިޓަންއާ ހަވާލުވެ، ޑި ޒާބީ ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ތައުރީފުކޮށްފަ އެވެ.