Advertisement

ޔޫއޭއީއާ އޮންނަ ގުޅުން މި ސަރުކާރުން އިތުރަށް ވަރުގަދަ ކުރާނަން: ރައީސް މުއިއްޒު

22 ނޮވެންބަރު 2023 - 00:24 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ 52 ވަނަ ޔޫނިއަން ޑޭ ފާހަގަކުރަން ބޭއްވި ހަފުލާގައި ވާހަކަދައްކަވަނީ: ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރައީސް ވަނީ ޔޫއޭއީއަށް ދިޔަ ނުރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާފައި -- ފޮޓޯ/ރައީސް އޮފީސް


ޔޫއޭއީއާ އޮންނަ ގުޅުން މި ސަރުކާރުން އިތުރަށް ވަރުގަދަ ކުރާނަން: ރައީސް މުއިއްޒު

22 ނޮވެންބަރު 2023 - 00:24 0

މި ސަރުކާރުގެ ދައުރުގެ ތެރޭގައި ރާއްޖެ އާއި ޔޫއޭއީ ގުޅުން އިތުރަށް ވަރުގަދަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގެ ދައުލަތްތައް ގުޅުން ފާހަކުރާ ޔޫއޭއީގެ 52 ވަނަ ޔޫނިއަން ޑޭ ފާހަގަކުރަން ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ޔޫއޭއީއަކީ އެކުވެރި ގުޅުމަކާއި ގުޅިފައިވާ ތަސައްވުރަކާ އެކީ ހާސިލުކުރެވޭނެ އާދަޔާހިލާފު ކާމިޔާބީތަކުގެ ލާމަސީލު މިސާލެއް ކަމަށެވެ.

އެގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ މި ދަނޑިވަޅަކީ ޔޫއޭއީން ހޯދާފައިވާ ކާމިޔާބީތަކަށް ތައުރީފު ކުރަން މުނާސަބު ވަގުތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުތަކުގެ ތެރޭގައި އާއި ތަރައްގީ އާއި ތަނަވަސްކަމުގެ ނަމޫނާތަކުގެ ތެރޭގައި އަބަދުވެސް އެ ގައުމު ހިމެނޭއިރު، އެކަމުން ދައްކުވައިދެނީ ޔޫއޭއީ މީހުންގެ އާދަޔާހިލާފު ރޫހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވާހަކައިގައި ދެ ގައުމުގެ ގާތް ގުޅުން ފާހަގަކުރައްވަމުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ ފައިސާ ޔޫއޭއީން ހަމަޖައްސައިދިނުމަކީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ދަލީލުކޮށްދޭ ކަމަށް ވިދާޅުވި އެވެ.

މި ހަފުލާގެ ތެރެއިން ރައީސް ވަނީ މި މަހު ފަހުކޮޅު އޮންނަ ކޮޕް 28 ސަމިޓު ކާމިޔާބީއަކަށް ހަދަން، ވެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ޔޫއޭއީ އަރުވާފަ އެވެ. މި ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންގަނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫއޭއީގެ ޔޫނިއަން ޑޭ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އާއި އެހެން އިއްޒައްތެރިން ވެސް ބައިވެރިވެވެ ވަޑައިގެންނެވި އެވެ.