Advertisement

ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

21 ނޮވެންބަރު 2023 - 19:44 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ މަގެއް: މިހާރު ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް ދެނީ އާބަންކޯއިން -- ފޮޓޯ/އަބްދުﷲ އިޔާން


ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

21 ނޮވެންބަރު 2023 - 19:44 0

ހުޅުމާލޭގައި އާބަންކޯއިން ދެމުން އަންނަ މުނިސިޕަލް ހިދުމަތްތަތް މާލެ ސިޓި ކައުންސިލުގެ ދަށަށް ބަދަލުކުރުމުގެ އިދާރީ މަސައްކަތް ރައީސް އޮފީހުން މިއަދު ފަށައިފި އެވެ.

މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން "ހަފުތާ 14"ގައި ވެސް ހިމެނޭ ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ގެންނަން ފެށި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެ ސިޓީގައި ހިމެނޭ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދޭނީ މާލެ ސިޓީ ކައުންސިލުންނެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި އާބަންކޯއިން ދެމުން އަންނަ މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ފެށީ މާލޭ ވަރަށް ގިނަ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އިންތިހާބު ވުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރި ނަމަވެސް އާބަންކޯގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ އެވެ.

އޭރު އެމަނިކުފާނު ވަނީ މާލޭ ސިޓީ ކައުންސިލަށް ބަދަލު ވާން ބޭނުންވާ މުވައްޒަފުންނާއި އާބަންކޯގައި ތިބެން ބޭނުންވާ މުވައްޒަފުންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށެވެ.