Advertisement

ހައިދަރުގެ ދިފާއުގައި ނަޝީދު، ކުރީގެ ވަޒީރު އަސްލަމަށް ދައުވާ ކުރުމަށް ވެސް ގޮވައިލެއްވި

21 ނޮވެންބަރު 2023 - 12:02 2

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ނަޝީދު ރައްޔިތުންގެ މަޖިލީހުގައި. އާ ސަރުކާރުގެ ހައުސިން މިނިސްޓަރަށް ރުހުން ނުދޭނެ ފަދަ އިޝާރާތްތަކެއް މެޖޯރިޓީ ޕާޓީން ވަނީ ދީފައި. - ފޮޓޯ: މަޖިލިސް


ހައިދަރުގެ ދިފާއުގައި ނަޝީދު، ކުރީގެ ވަޒީރު އަސްލަމަށް ދައުވާ ކުރުމަށް ވެސް ގޮވައިލެއްވި

21 ނޮވެންބަރު 2023 - 12:02 2

މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުން ނުދޭން ގޮވާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ދައުވާ ކުރެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރެއްވުމަށް ލިބިލެއްވި ފުރުސަތުގައި ނަޝީދު ވަނީ މަޖިލީހުގެ ތަޅުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލު ނަސީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

މީކައިލް ވަނީ އަސްލަމްގެ މިނިސްޓަރުކަމުގެ ދަށުގައި ފެށި ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފުލެޓުތައް މި ސަރުކާރުން އަތުލަން އުޅޭ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި, އާ ހައުސިން މިނިސްޓަރު ހައިދަރަށް ފާޑު ވިދާޅުވެ، އޭނާއަށް ރުހުން ނުދެއްވާނެ ކަމަށާއި މާލޭ ރައްޔިތުންގެ ރުހުން ހައިދަރަށް ނެތްކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލްގެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވަނީ އައު ހައުސިން މިނިސްޓަރަށް އިންތިހާއަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހި ރައްޔިތުންގެ ވޯޓުން ވެރިކަން ބަދަލުކޮށްފައި ވާއިރު، ވެރިކަމުގައި އެކުލެވޭ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ އަހުލާގީ ގޮތުން ވާޖިބު ކަމެއްކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކެބިނެޓަށް ރުހުން ނުދީ ތިބުމުގެ ޖާގައެއް ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ހައިދަރަކީ ޕްލޭނިން މިނިސްޓްރީއެއް އުފެދުނީއްސުރެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅެއް! ހައިދަރު އެވިދާޅުވަނީ ރަނގަޅަށް. މިކަން ހިނގާފައި އޮތް ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ!

ހައިދަރަށް ތައުރީފް ކުރައްވައި ނަޝީދު ވަނީ ހައިދަރަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. ހައިދަރު ދައްކަވާ ވާހަކަ ވަރަށް ސާފު ކަމަށް ވެސް ވިދާޅުވި އެވެ.

ފްލެޓަށް އެދި ހުށަހެޅި ފޯމުތަކުގައި ރައްޔިތުން ފޮނުވި ޑާޓާ ނުވަތަ މައުލޫމާތު އޮތީ ގޯސްކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވީމާ ފްލެޓާއި ގޯތީގެ ހައްގު ވެރިންނަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ފާޑު ވިދާޅުވެ ނަޝީދު ވިދާޅުވީ ދެވަނަ ދައުރެއް ހޯދުމަށް މާލެ ފޮތި ފޮތި ކޮށްލާފައިވާ ކަމަށެވެ. އަދި, ބޭނުންފުޅުވާ މީހަކަށް ފްލެޓާއި ގޯތިތައް ބަހާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރަކަށް ހުންނަވައި އަސްލަމް އަދި ސްޓޭޓް މިނިސްޓަރަކަށް އަކްރަމް ކަމާލުއްދީން ހުންނަވައި ހިންގެވި ޖަރީމާ ބަލައި ފިޔަވަޅު އެޅުމަށް ނަޝީދު ގޮވާލެއްވި އެވެ. ފްލެޓާއި ގޯތީގެ މައްސަލާގައި ކުރީ ސަރުކާރުން އަމަލު ކުރި ގޮތާމެދު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ޝަކުވާ ނުކުރާ މީހަކު މަދުކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވަނީ ކުރީ ސަރުކާރުން އެކުލަވާފާއިވާ ލިސްޓުތައް އަލުން ރިވިއުކުރާނެކަމަށް ވިދާޅުވެފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ދެއްވި ޖަވާބުތައް ސާފު ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.