Advertisement

އިމިގްރޭޝަން ކޮންޓްރޯލަރުގެ ފުރަތަމަ ނިންމުން: "އިމުގާ" ޑިކްލެރޭޝަން ފޯމު ފުރިހަމަކުރަން ދިވެހިން ނުޖެހޭނެ

20 ނޮވެންބަރު 2023 - 21:52 6

ޝަމްއާން އޮފީހަށް ވަޑައިގަތުމުން އޭނާއަށް އެ އޮފީހުގެ މުވައްޒަފުން މަރުހަބާ ކިޔަނީ. "އިމުގާ" ޑިކްލެރޭޝަން ފޯމާއި ގުޅިގެން އާންމުންގެ ޝަކުވާތަކެއް ހުރި --- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން


އިމިގްރޭޝަން ކޮންޓްރޯލަރުގެ ފުރަތަމަ ނިންމުން: "އިމުގާ" ޑިކްލެރޭޝަން ފޯމު ފުރިހަމަކުރަން ދިވެހިން ނުޖެހޭނެ

20 ނޮވެންބަރު 2023 - 21:52 6

ރާއްޖެ އަންނަ އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުން "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

މި ނިންމުން ނިންމެވީ އެ އިދާރާގެ ކޮންޓްރޯލަރުގެ މަގާމާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި މުހައްމަދު ޝަމްއާން ވަހީދު އެވެ. މިއީ ދަތުރު ކުރުމުގައި ދިވެހިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމުގެ ގޮތުން އޭނާ ނިންމެވި ނިންމެވުމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިފަދަ ފޯމެއް ދަތުރުކުރުމުގެ ކުރިން ފުރަން ޖެހޭތީ އެކަމުގައި ތަކުލީފުތަކެއް އުފުލަން ޖެހި އާންމުންގެ ޝަކުވާތައް ވެސް ބޮޑުވި އެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ކޮންމެ މީހަކު ވެސް އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ކޮންމެ މީހެއް ވެސް ޖުލައި 15, 2020 އިން ފުރިހަމަ ކުރަން ޖެހުނު ފޯމެކެވެ. މި ފޯމް އޮންލައިންކޮށް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލުކުރީ މާޗު 14, 2021 ގަ އެވެ.